ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑިންމަ މުވައްޒަފުގެ މަރުގެ މައްސަލަ މަޖިލީހަށް ބަލައިގެންފި

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ޖެހިގެން ކަނޑިންމަ މޯލްޑިވްސް ރިސޯޓުގެ މުވައްޒަފަކު މަރުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅު ކުއްލި މައްސަލަ ބަލައިގެންފި އެވެ.

ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އެވެ. މި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓު ދެއްވި 35 މެންބަރުންގެ ވޯޓުންނެވެ.

ކަނޑިންމަ ރިސޯޓުގައި މަސައްކަތްކުރި އުމުރުން 60 އަހަރުގެ މިމީހާ ނިޔާވީ ހާލުބޮޑުވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަފަހުން މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެމީހާ ކޮވިޑަށް ޕޮޒިޓިވްކަން އެންގިފައިވަނީ މަރުވުމުގެ ފަހުން ހެދި ޓެސްޓުންނެވެ.

މިމީހާ ކޮވިޑް ބަލީގައި ނިޔާވުމުގައި ރިޒޯޓުގެ އިޙުމާލްތައް އޮތްކަމަށް ނިޔާވި މީހާގެ އާއިލާއިންވެސް ދަނީ ބުނަމުންނެވެ. އެގޮތުން އެ މައްސަލަ ފުލުހުންނާއި އެޗްއާރްސީއެމް އިން ވެސް މިހާރު ވަނީ ތަހުގީގު ކުރަން ފަށާފައެވެ.

އޭނާގެ ކޮވިޑް ޓެސްޓު ޕޮޒިޓިވްވުމާ ގުޅިގެން އެ ރިސޯޓުން މިހާރު އަންނަނީ ސާމްޕަލްތައް ނަގަމުންނެވެ. އެގޮތުން މިހާތަނަށް އެ ރިސޯޓުން ވަނީ 60 މީހަކު ޕޮޒިޓިވްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: