ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑަބްލިޔުއެސްސީ އިން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ހިންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ބްލަޑް ސަރވިސް އާއި އެމްޑަބްލިޔުއެސްސީ ގުޅިގެން އެކުންފުނީގެ މުވައްޒަފުންގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް މިއަދު ހިންގައިފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މިހަރަކާތުގެ އެންމެ މުހިއްމު މަޤްސަދަކީ ތެލެސީމިއާ ޕޭޝަންޓުންނަށް އިޚުލާސްތެރި ޚިދުމަތެއް ކޮށްދެއްވާ ފަރާތެއްކަމަށްވާ މޯލްޑިވްސް ބްލަޑް ސަރވިސް އަށް، ކޮވިޑް-19 ގެ މި ޙާލަތުގައި ދިމާވެފައިވާ ލޭގެ ދަތިކަމުގެ ޙާލަތައް އެހީތެރިކަން ފޯރުވައި، ބޭނުންވާ ލޭގެ އެހީ، އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ފޯރުކޮށްދިން ކަމަށެވެ.

އޭގެ އިތުރުން އެ ކުންފުނީގައި މަސައްކަތްކުރާ މުވައައްޒަފުންނަށް ލޭ ހަދިޔާ ކުރުމުގެ މުހިއްމުކަން އަންގައިދިނުމާއި އެކަމަށް މުވައްޒަފުން ހޭލުންތެެރިކުރުވައި. ކުންފުނީގެ މުވައްޒަފުން ބުރަކޮށް އުޅުއްވަމުންވެސް، ފަސޭހަ މާހައުލެއްގައި މިފަދަ އިޖުތިމާޢީ އަދި ބޭނުންތެރި ހަރަކާތެއްގައި ބައިވެރިވެ، ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ބޭއްވުނު ހަރަކާތެއް ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.

ކުންފުނީގެ ކަސްޓަމަރ ސާރވިސް އިމާރާތުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި އެމްޑަބްލިޔުއެސްސީ ގެ  ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: