މަޖީދީ މަގުގައި ހުންނަ އެލްޒޯން ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިރޭ ގާތްގަނޑަކަށް 7:00 ހާ އިރު ހިނގި މި އަލިފާނުގެ ހާދިސާގައި ރޯވެފައި ވަނީ މަޖީދީމަގުގައި ހުންނަ އެލް ޒޯން ފިހާރަ ހިންގާ އިމާރާތުގަ އެވެ. އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުން ނެވެ.
އެމްއެންޑީއެފް އިން ބުނީ މިހާދިސާގައި އަލިފާންގަނޑު ރޯވެފައިވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ހުސް ބައެއްގަ ހުރި ކުނިތަކެއްގައި ކަމަށެވެ. އަދި މިހާދިސާގައި އެއްވެސް ތަނަކަށް އަދި މީހަކަށް ގެއްލުމެއްވެފައި ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އެ އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށާއި، މިހާރު ބަލަމުންދަނީ އަލިފާން ހިފާ ޒާތުގެ އެއްޗެއް އެ އިމާރާތުގައި ހުރިތޯ ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.

