ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަލީހުގެ ރައްދު އެމްޑީޕީ ޕީޖީއަށް: ގާނޫނު އަސާސީ ތިޔަ ޝަރަހަ ކުރައްވަނީ ނުބައިކޮށް!

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް. ފޮޓޯ: އާކައިވްއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ގާނޫނު އަސާސީ ޝަރަހަ ކުރައްވަނީ ނުބައިކޮށް ކަމަށް ވިދާޅުވެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ހޫނު ރައްދެއް ދެއްވައިފިއެވެ.

މަލީހުގެ މައްޗަށް އިތުބާރުނެތް ކަމަށް ބުނެ އެމްޑީޕީގެ ޕީޖީ ގްރޫޕަށް ދިހަ މެންބަރަކު ސޮއިކޮށް ހުށަހެޅި މައްސަލަ އާއި ގުޅިގެން މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް އިތުބާރުނެތް ކަމަށް ސޮއި ކުރެއްވި މެންބަރުން ހަވާލާދެއްވާފައިވާ ޤާނޫނު އެމެންބަރުން ޝަރަހަ ކުރައްވަނީ ނުބައިކޮށް ކަމަށެވެ.

މައްސަލަ ވައްދާނަމަ ވައްދަންވީ ޤާނޫނު އަސާސީގެ ޚިޔާލްފާޅު ކުރުމުގެ ހައްގުގެ ގޮތުގައި ކަނޑައަޅާފައިވާ 27 ވަނަ މާއްދާއައި ހަވާލާދީކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަނީ ކަނޑައެޅިގެން ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ބޭނުންކޮށް ޓީވީ ޕްރޮގުރާމެއްގައި ދެއްކި ވާހަކަތަކާއި ގުޅިގެންކަން އެންމެންނަށްވެސް ސާފުވާނެކަމަށާއި، އެއްވެސް ގޮތެއްގައި މިއުޅެނީ މިނިސްޓްރީ ހިންގާ ގޮތުގެ މައްސަލައެއް އޮވެގެން ނޫންކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެެވެ.

އޭނާ ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ މިނިސްޓަރ މަލީހުގެ އިތުބާރު ގެއްލިފައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނު ނަންބަރު (43/2015) ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކުގެ ތެރެއިން އެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ޤަވާއިދެއް މަގާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް މިނިސްޓަރ މަލީޙް ހައްދަވާފައި ނުވުމާއި، އެ ކަމުގައި ޖަވާބުދާރީވުމަކީ މުވާސަލާތީ ހިދުމަތްތައް ތަންޒީމުކޮށް ހިންގުމުގެ މަސްޢޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: