ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަ ޖެހުނީ ހުސް ކުދި ވިޔަފާރިތަކުގެ މެދުގައި، ރަޖިސްޓްރީކުރުމުގެ ޚިޔާލު އައީ އެޗްޕީއޭ ތެރެއިން: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެތަކުގައި ހިންގަމުްނދިޔަ ކުދި ވިޔަފާރިތައް ރަޖިސްޓްރީކުރުމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޚިޔާލެއް ކަމަށާއި އެއީ އިކޮނޮމިކް މިނިސްޓްރީގެ ވިސްނުމެއް ނޫންކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޒް އިސްމާއިލް ވިިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެއަހަރު ފުރުމާއި ގުޅިގެން ސަންގު ޓީވީއިން ކުރިއަށްގެންދިޔަ ޚާއްސަ ކަވަރޭޖުގައި ބައިވެރިވެވަޑައިގެން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މައްސަލަ ޖެހުނީ ކުދި އަދި ބޮޑެތި ވިޔަފާރިތަކުގެ މެދުގައިކަމަށް ހީވިކަމުގައި ރިޕޯޓު ކުރި ކަމުގައިވިޔަސް، ހަގީގަތުގައި މައްސަލަ ޖެހުނީ ހުސް ކުދި ވިޔަފާރިތަކުގެ މެދުގައި ކަމަށެވެ. އޭގެ ތެރެއިން އެއްބަޔަކީ އަމިއްލަ ގެތަކުގައި ޖާގަ ހުރުމުން، އަމިއްލަ ގެތަކުގެ ބަދިގެތަކުގައި މަސައްކަތް ކުރަމުންދާ ބައެއް ކަމަށާއި އަނެއް ބަޔަކީ ގިނަ މީހުންގެ ސަމާލުކަން ހޯދުމަށް ކެފޭތަކުގެ ގޮތުގައި ރީތި ތަންތަން ހަދައިގެން ވިޔަފާރި ކުރިއަށްގެންދާ މީހުންކަމަށެވެ. އަދި އެއީ ބައެއް މީހުން އަމިއްލައަށް ބޭނުންވެގެން ވިޔަފާރި ހިންގުމުގައި ގެންގުޅޭ އުކުޅެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކެފޭތައް ހިންގާ މީހުންގެ ޝަކުވާއަކަށްވީ ކެފޭ ހިންގާ އިމާރާތުގެ ކުއްޔާއި، މުވައްޒަފުންގެ މުސާރައާއި އަދި ދައުލަތަށް ދައްކަން ޖެހޭ ޓެކްސް އެމީހުން ދައްކަންޖެހޭއިރު ގެތަކުގައި ވިޔަފާރި ހިންގާ މީހުން އެފަދަ އެއްވެސް ޚަރަދެއް ކުރަން ނުޖެހުން ކަމަށެވެ. އަދި ރަޖިސްޓްރީކުރަން ނުޖެހޭތީ އެއްވެސް ޓެކުހެއް ދައްކަން ނުޖެހުން ކަމަށެވެ. އަދި މިއީ އެންމެ އިންސާފުވެރި ގޮތް ނޫންކަމަށް ޚުދު އެބޭފުޅާވެސް ގަބޫލުކުރައްވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މައްސަލަ ފެންމަތިވެގެން އައީ އަދި އުސޫލުތައް ކަނޑައެޅިގެން އައީ އެންމެ އެކަށީގެންވާ ދަނޑިވަޅުގައި ނޫންކަމަށް ގަބޫލުކުރައްވާކަމަށެވެ. އެހެންނަމަވެސް، އެކަމަކީ އިކޮނޮމިކް މިނިސްޓްރީގެ ޚިޔާލެއް ނޫންކަމަށާއި އެއީ އެޗްޕީއޭގެ ވިސްނުމެއްކަމަށް ވިދާޅުވިއެވެ. އަދި އެޗްޕީއޭގެ ނަޒަރުން ބަލައިފިނަމަ، އެއީ ރަނގަޅުކަމެއް ކަމަށް ވިދާޅުވިއެވެ.

އެޗްޕީއޭގެ ވިސްނުމުން ބަލާފިއްޔާ ރަޖިސްޓްރީކުރުމަކީ ރަނގަޅު ކަމެއް. ބަޔަކަށް ލިބޭ އާމްދަނީއޭ ކިޔާފައި ސިއްހަތަށް ނުބަލައެއް ނުތިބެވޭނެ. ކާބޯތަކެތި ހަދަނީ ކޮންކަހަލަ ތަނެއްގައިތޯ، އުނދުން ބަހައްޓަފައިހުރީ ފާހަނާގައިތޯ ބަލަންޖެހޭ

އެޗްޕީއޭގެ މަސައްކަތަކަށްވާނީ ސާފުތާހިރުކަމާއި ސިއްހީގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އެތަކެތި ގަންނާނީ ހަމަ އާންމު ރައްޔިތުން ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ސިއްހަތު ކަށަވަރުކުރުމަކީ އެޗްޕީއޭގެ މަސްއޫލިއްޔަތެއްކަމަށާއި އާންމުންނަށް ކާބޯތަކެތި ވިއްކާއިރު ކޮންމެވެސްވަރެއްގެ އުސޫލުތަކެއް ހުންނަންވާނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

އެޗްޕީއޭގެ ގައިޑްލައިން ނެރުނީ ކޮވިޑްގެ ޕެންޑަމިކްގެ ތެރޭގައިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެޗްޕީއޭގެ ޒިންމާއަކީ ސއްހީ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުން ކަމަށެވެ. އަދި އެޗްޕީއޭއަކީ އިގްތިސާދީގޮތުން ވިސްނުން ގެންގުޅޭނެ ބައެއްނޫންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ހާލަތަށް ރިއާޔަތްކޮށް ރަޖިސްޓްރީ ކުރުމުގައި ލުއިތަކެއް ދިނުމަށް މިނިސްޓްރީއިން އެދިފައިވާނެކަމަށާއި ވިޔަފާރީގެ ތެރެއަށް ރަނގަޅަށް ވަނުމަށް އެހީވެދީފައިވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: