ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބުގެ ކެނޑިޑޭޓުން ނަން އަނބުރާ ނުގެންދަން އާދޭސް ދަންނަވަން: ރައީސް ނަޝީދު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް ނަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ގިނަ ކެނޑިޓޭނުން ނަން އަނބުރާ ގެންދާތަކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، އެގޮތަސް ނަން ނުގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ދަށުން ބާއްވާ ފުރަތަމަ ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުން ވަރަށް މުހިންމު ކަމަށެވެ. މި ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީފައިވާ ކަމަށާއި، ކޮވިޑުގެ ތެރޭގައި ވެސް ރަށްތަކުގައި ކުރިޔަށް ގެންދަން ޖެހޭ އެ މަސައްކަތްތައް ކުރިޔަށް ގެންދަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އޭގެ ތެރޭގައި ރަށްކަތުގައި މަޝްރޫއުތައް ކުރިޔަށް ގެންދިއުން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

އިގްތިސޯދީ ގޮތުން ގައުމަށް ވެފައިވާ ގެއްލުންތައް ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑުގެ ތެރެއިން ކިރިޔާ ވެސް ހިނދެމިލެވެން އޮތީ ކައުންސިލް މެދުވެރިކޮށް ކުރިޔަށް ގެންދަންޖެހޭ ޕްރޮޖެކްޓުތައް ވެސް ފެށިގެން ކަމަށެވެ.

ކައުންސިލް އިންތިހާބުގައި ވާދަ ކުރާ، އަދި ހާއްސަކޮށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓު ކާމިޔާބު ކުރައްވާފައިވާ ގިނަ ފަރާތްތައް ވަނީ އެ މީހުންގެ ނަން އަނބުރާ ގެންގޮސްފައެވެ. އިލެކްޝަންސް ކޮމިޝަން އިން މިދިޔަ ހަފްތާގެ ތެރޭގައި އިންތިހާބުން ނަން އަނބުރާ ގެންދިޔަ 15 ކެނޑިޑޭޓެއްގެ ނަން އާއްމު ކުރިއެވެ. އަދި އޭގެ ތެރެއިން 08 ކެނޑިޑޭޓަކު ނިސްބަތް ވަނީ އެމްޑީޕީއަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ގައެވެ. އެއާއި އެކު މިހާތަނަށް ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުން ޖުމްލަ އަދަދު ވަނީ 83 އަށް އަރައެވެ. އެެހެން ކަމުން މިހާރު ކައުންސިލް އިންތިހާބުގައި ވާދަ ކުރާނީ 2،307 ކެނޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާ 1785 ފަރާތެކެވެ. ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުންގެ ތެރޭ ގިނައީ އެމްޑީޕީގެ ޓިކެޓު ކާމިޔާބު ކުރި ފަރާތްތަކެވެ.

”އިންތިހާބުގައި ބައިވެރިވެފައި ތިބި މީހުން ވެސް، އަދި ޓިކެޓު ލިބިފައި ތިބި މީހުންއިން ބައެއް މީހުން ވަނީ ނަން އަނބުރާ ގެންދާވާފަ. އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އާދޭހަކީ ނަން އަނބުރާ ނުގެންދަވާށޭ. އަޅުގަނޑަށް ވެސް އިނގޭ އުނދަގޫކަން. ވަރަށް ގިނަ ބޭފުޅުން ނަން އަނބުރާ އެބަ ގެންދަވާ. މިހާރު މި ވީގޮތަކީ، އަޅުގަނޑުމެން މިދިނީ ކުރީގައި ތިބި ކައުންސިލަރުންނަށް އިތުރު މަސްތަކެއް. މިހާރު ތިބި ގިނަ ކައުންސިލަރަކުންނަކަށް ނުލިބޭ ޓިކެޓެއް“ ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ ލާމަރުކަޒީ ނިޒާމުން ލިބިދޭ ހުރިހާ ބާރެއް ކައުންސިލްތަކަށް ދިނުން ކަމަށެވެ. އަންނަ އަހަރު ބާއްވާ މި އިންތިހާބުގެ 80 އިންސައްތައަކީ އާ ކެނޑިޑޭޓުންކަން ވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި އެމަނިކުފާނުގެ އުންމީދަކީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އިންތިހާބު ބޭއްވުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މި އިންތިހާބުގައި އެމްޑީޕީއިން ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯދާނެ ކަމަށެވެ.

އިންތިހާބާ ގުޅޭ ހާއްސަ ގާނޫނު ބުނާގޮތުން ރައީސް ބިލް ތަސްދީގުކޮށް ގާނޫނަކަށް ވާތާ އެއް އަހަރުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: