ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިޖީރިއާގައި ގަތުލްއާއްމެއް ހިންގައި 110 މީހަކު މަރާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ނައިޖީރިއާގައި ހިންގި ގަތުލްއާމެއްގައި 110 މީހުން މަރާލާފައިވާ ކަމަށް އދ.އިން ބުނެފިއެވެ.

މިގަތުލްއާއްމު ހިންގާފައި ވަނީ އެކަހެރި އަވަށެއް ކަމަށްވާ ކޮށޯބީގައި މިދިޔަ ހޮނިހިރު ދުވަހު ހަވީރުގެ ވަގުތެއްގައެވެ.

ނައިޖީރިއާ އަށް ކަނޑައަޅާފައި ހުންނަވާ އދ.ގެ ހިއުމެނިޓޭރިއަން ކޯޑިނޭޑަރު އެޑްވާޑް ކޮލަން ނެރުއްވި ބަޔާނެއްގައި ބުނީ ގަތުލްއާއްމުގައި މަރާލާފައި ވަނީ ދަނޑުހައްދަން ތިބި މީހުން ކަމަށެވެ.

އދ.އިން ބުނާ ގޮތުގައި މިއީ މިއަހަރު ދުނިޔޭގައި ހިންގި އެންމެ ބޮޑު ގަތުލްއާއްމެވެ.

މިހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާޢަތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާ ދީފައި ވަނީ ބޮކޯ ހަރާމް ޖަމާޢަތުން ނުވަތަ އެފްރިކާގެ ހުޅަނގުގައި ހަރަކާތްތެރިވާ އައިއެސް ޖަމާޢަތުން ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: