ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިޖީރިއާގެ އަސްކަރިއްޔާއަށް އޮޅިގެން 85 ރައްޔިތުން މަރާލެވިއްޖެ

ނައިޖީރިއާގެ ރައީސް ޓިންބޫ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނައިޖީރިއާގެ އަސްކަރިއްޔާއަށް އޮޅުމަކުން ދެވުނު ޑްރޯން ހަމަލާއެއްގައި އެ ގައުމުގެ ގިނަ އަދަދެއްގެ މީހުން މަރުވެއްޖެއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ނައިޖީރިއާގެ އަސްކަރިއްޔާއަށް އޮޅިގެން ޑްރޯން ހަމަލާއެއް ދެވިފައިވަނީ އެގައުމުގެ ހުޅަނގު އުތުރުގެ ސަރަހައްދަކަށެވެ. މިއީ މިހާތަނަށް އެ ގައުމުގެ އަސްކަރިޔާ އަތުން އޮޅިގެން ދެވުނު އެންމެ ނުރައްކާތެރި އެއް ހަމަލާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އަދި އުފާ ފާޅުކުރަމުންދިޔަ މުސްލިމުންތަކެއް ތިބި ސަރަހައްދަކަށް ހަނގުރާމަވެރި ޖަމާއަތަކަށް ދޭން އުޅުނު ހަމަލާއެއް އަމާޒުވެފައިވާކަން އަސްކަރިއްޔާއިން އެއްބަސްވުމާއިއެކު އެ ގައުމުގެ ރައީސް ބޯލާ އަހުމަދު ޓިންބޫވަނީ ތަހުގީގުތައް ކުރުމަށް ގޮވާލާފައެވެ.

ރިޕޯޓުތަކުގައިވާގޮތުން ހާދިސާގައި މަރުވި މީހުންގެ އަދަދުތައް އަސްކަރިއްޔާއިން ހިއްސާކޮށްފައިނުވެއެވެ. އަދި އެ މައުލޫމާތު ލިބިފައިވަނީ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ފަރާތުންކަމަށާއި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭކަމަށްވެސް ބުނެފައިވެއެވެ. އަދި 85 މީހެއްގެ ހަށިތައް ވަޅުލާފައިވާކަން އެ ސަރަހައްދުގެ ކަމާއި ބެހޭ ފަރާތުންވެސް މައުލޫމާތު ދީފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ. މި ހާދިސާގައި އަނިޔާވި އިތުރު 66 މީހަކަށް ފަރުވާ ދެމުންދާއިރު ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ލުއި ގެނައުމުގެ މަސައްކަތްތައް ވެސް ކުރަމުންދާޚަމަށް ރިޕޯޓުތަކުގައިވެއެވެ
މީޑިއާތަކުން ބުނާގޮތުން ހަނގުރާމަވެރި ޖަމާއަތްތަކާއި ދެމެދު ކުރެވެމުންދާ ހަމަލާ ބަދަލުކުރުންތަކުގައި އަސްކަރިއްޔާއިން އާންމުކޮށް ހަމަލާދެނީ ވައިގެ މަގުންނެވެ. އަދި އެ ސަރަހައްދުތަކުގައި ޖިހާދިސްޓުން އުޅޭކަމަށްވެސް ބުނެފައިވާކަން ފާހަގަކުރެވެއެވެ. އެ ގައުމުގެ ރައީސް ޓިންބޫ ވިދާޅުވީ، ހިނގީ ހިތާމަވެރި ހާދިސާއެއްކަމަށެވެ. އަދި އެ ދުވަހު އަސްކަރިއްޔާއިން ކުރަމުންދިޔައީ އާންމު މަސައްކަތެއްކަމަށްވެސް ވިދާޅުވިއެވެ
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 17%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: