ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮންލައިންކޮށް ކައިވެނި ކޮށްދިނުން ހުއްޓާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އޮންލައިންކޮށް ކައިވެނި މަޖިލީސް ބޭއްވުން ހުއްޓާލައި، ފެމިލީ ކޯޓާއި އެ ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން ފަށައިފި އެވެ.

ފެމިލީ ކޯޓުން އޮންލައިންކޮށް ކައިވެނިކޮށްދޭން ފެށީ ކޮވިޑް-19ގެ ސަބަބުން މާލެ ފުރަބަންދުކުރުމާ ގުޅިގެންނެވެ.

އެކަން ބަދަލުކޮށް އެ ކޯޓުން ކުރި އިއުލާނެއްގައި ވަނީ އިއްޔެ އިން ފެށިގެން އޮންލައިންކޮށް ކައިވެނިކޮށް ދިނުން ހުއްޓާލުމަށް ފަހު، ކޯޓަށް މީހުން ހާޒިރުކޮށްގެން ކައިވެނިކޮށްދޭން ފަށާފައިވާ ކަމަށެވެ. އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކޯޓުން ކަނޑައަޅާ އުސޫލެއްގެ ދަށުން، ކޯޓުން ބޭރުގައި ކައިވެނި މަޖިލީސް ބޭއްވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

ފެމިލީ ކޯޓުން ކަނޑައެޅި އުސޫލުގައި ވާގޮތުން ކޯޓުން ބޭރުގައި ކައިވެނި ކުރާ ތަނަކީ އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުންނަ، މީހުން ދިރިނޫޅޭ ތަނަކަށް ވާން ޖެހޭނެ އެވެ.

މީގެ އިތުރުން މިމަހުގެ 06 ވަނަ ދުވަހުން ފެށިގެން ކައިވެނި ފޯމްތައް އީމެއިލް އަދި ޑްރޮޕްބޮކްސް މެދުވެރިކޮށް ބަލައިގަތުން ހުއްޓާލުމަށް ނިންމާފައި ވާކަމަށްވެސް އެ ކޯޓުން ބުނެއެވެ. މި ބަދަލާއި އެކު ހުރިހާ ކައިވެނި ފޯމްތައް ބަލައިގަންނާނީ އެ ކޯޓުގެ ރިސެޕްޝަނުން އެކަންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: