ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެމިލީ ކޯޓުގެ އިސް ޤާޒީގެ މަޤާމަށް އިބްރާހިމް މާހިރު ޢައްޔަންކުރަން ޖެޭއެސްސީން ފާސްކޮށްފި

ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީގެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފެމިލޯ ކޯޓުގެ އިސް ގާޒީގެ މަގާމަށް އަލްއުސްތާޒް އިބްރާހިމް މާހިރު އައްޔަން ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މީޑިއާތަކަށް މައުލޫމާތު ހިއްސާ ކުރަމުން ޖޭއެސްސީން ބުނެފައި ވަނީ ދިވެހިރާއްޖޭގެ ފެމިލީ ކޯޓަށް އިސް ޤާޒީއަކު ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނުގެ ދަށުން ފެމިލީ ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ “ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ” އިން އިންޓަރވިއުކުރުމަށްފަހު ފެމިލީ ކޯޓުގެ އިސް ޤާޒީކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ކަމަށެވެ.

އެގޮތުން ދީފައިވާ ލަފާގެ މަތިން ރ.އަލިފުށި، މެޑޯޒް، އަލްއުސްތާޛު އިބްރާހިމް މާހިރު ފެމިލީ ކޯޓުގެ އިސް ޤާޒީ ކަމަށް ޢައްޔަންކުރުމަށް ފެންނަކަމަށް 2022 އޮކްޓުބަރު 5 ދުވަހު ބޭއްވި ކޮމިޝަންގެ 69 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

2005 ނޮވެންބަރު 09 ވަނަ ދުވަހު ފަނޑިޔާރު ކަމުގެ މަޤާމަށް ޢައްޔަންކުރެވުނު އަލްއުސްތާޛު އިބްރާހީމް މާހިރު އެންމެ ފުރަތަމަ ހުންނެވީ މަދަނީ ކޯޓުގައި ފަނޑިޔާރުކަމުގެ މަޤާމުގައެވެ. އެއަށްފަހު ފެމިލީ ކޯޓުގެ ޤާޒީކަމަށް ބަދަލުވެފައިވަނީ 2010 މޭ 23 އެވެ. ފެމެލީ ކޯޓުގެ ޤާޒީ ކަމުގެ މަޤާމުގައި 12 އަހަރު ދުވަހަށްވުރެ ދިގުމުއްދަތެއްގައި އަލްއުސްތާޛު އިބްރާހީމް މާހިރު ވަނީ ޚިދުމަތް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: