ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އަނިޔާކުރި މައްސަލާގައި 6 މީހެއްގެ މައްޗަށް ދައުވާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި ހުންނަ “ކުޑަކުދިންގެ ހިޔާގައި” ބަލަހައްޓަމުންދާ ޢުމުރުން ދެ އަހަރު ނުފުރޭ ކުދިންތަކަކަށް އެތަނުގައި މަސައްކަތްކުރި މުވައްޒަފުންތަކެއްގެ ފަރާތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރުކުރުވާ ގޮތަށް އަދި އެކުދިންގެ ކަރާމާތަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހަ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް ގެންނެވި މައްސަލައެއްކަމަށެވެ.

މި މައްސަލައިގައި ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވިގެން މައްސަލަ ތަހުގީގުކޮށްދޭން ފުލުހުންގެ މައްޗަށް ޕީޖީ އަމުރެއް ނެރުއްވީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

އެ މައްސަލައިގައި ދައުވާ ކުރީ ވިލިމާލޭ ސަމާހިޔާ، މުހައްމަދު ޝަރީފާއި، ވިލިމާލެ ފަންސި، ހުސެއިން އަހުމަދާއި، ވިލިމާލެ ރިއޯ، އަލީ އަހުސަނާއި، މާލެ މއ. އަކިރިފުށި ދެވަނަބައި، ނަޖީހު އަހުމަދާއި، މާލެ ހ. ފޯސީޒަން، އަހުމަދު ވަނޫދު އާއި، ވިލިމާލޭ އާސްމާން މަންޒިލް، ހުސެއިން ހަމްދޫންގެ މައްޗަށެވެ.

އެ މީހުނަށް ކުރި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ގައިގާ އަތްލުމާއި، ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ.

މިމައްސަލާގައި މިހާތަނަށް ދަޢުވާ ހުށަހަޅާ ފައިވާ މީހުންނާއި، މި މައްސަލާގައި ޝާމިލްވާ އިތުރު މީހުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ އިތުރު ޖިނާއީ ކުށުގެ މައްސަލަތައް ތަހުގީގުކުރުމުގެ މަސައްކަތް ތަހުގީގީ އިދާރާތަކުން ކުރައްވަމުންދާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އަދި އެމައްސަލަތައް ނިމި، ޕީޖީ އޮފީހަށް ލިޔުންތައް ލިބުމުން، ހެއްކާއި ގަރީނާގެ މައްޗަށް ބަލައި، އެ މައްސަލަތަކުގައިވެސް ދަޢުވާކުރަންޖެހޭކަމަށް ފެންނަ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ ކަންކަން ކުރާނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އިތުރު ތަފްސީލު އަންނަނީ…

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: