ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް އިހުމާލުވި ސަރުކާރަކަށް ”ނޫ ރާއްޖެ“ އެއް ނުހިންގޭނެ: ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނަށް އިހުމާލުވި ސަރުކާރަކަށް ”ނޫ ރާއްޖެ“ ސިޔާސަތު ހިންގުމުގެ ހައްގެއް ނެތް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ”ނޫ ރާއްޖެ“ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް އިފްތިތާޙުކުރުމާ ގުޅިގެންނެވެ.

އެގޮތުން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްވެރިންނަށް އިހުމާލުވި ސަރުކާރަކުން ”ނޫ ރާއްޖެ“ ސިޔާސަތު ހިންގުމުގެ ހައްގެއް އޮތް ކަމަށް ގަބޫލު ކުރާނެ ފަޅުވެރިޔެއް، ކެޔޮޅެއް އަދި އޮޑިވެރިއެއް ނެތްކަން ވެރިކަން ކުރާ ޕާޓީ ވެސް ގަބޫލު ކުރާނެ ކަމަށެވެ.

”2021 ގެ (ހޭދަ ބޮޑު) 34 މިލިއަން ރުފިޔާގެ ބަޖެޓްގައި މަސްވެރިކަމަށް އޮތޯ ވަރަށް ކުޑަ މިންވަރެއް. ބޮޑީ ސަރުކާރު ހަރަދު.“ ސައީދު ވިދާޅުވިއެވެ.

”ނޫ ރާއްޖެ“ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ކަމަކާއި، ޤައުމުގެ އިޤްތިޞާދާއި ކަނޑުފަޅުތަކާ އޮތް ގުޅުމުގެ މުހިންމުކަމަށެވެ. އަދި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާއެކު އެއްބަސްވުމެއް އެކުލަވައިލައި، މަސައްކަތް ކުރައްވަން ނިންމެވީ، ދިވެހިން މި ކަނޑުފަޅުތަކަށް ބަރޯސާވާ މިންވަރު ބޮޑުކަމުން ކަމުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: