ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާގޯ ފެރީއާއިއެކު ސަޕްލައި ދޯނިތަކާއި ނާލު ބޯޓުތަކުގެ އޮޑިވެރިން ބިކަވެއްޖެ: އާދަމް ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ކާގޯ ފެރީއާއިއެކު ސަޕްލައި ދޯނިތަކާއި ނާލު ބޯޓުތަކުގެ އޮޑިވެރިން ގޮތްހުސްވެ ބިކަވެފައިވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާއި ދެމެދު ކުރާ ކާގޯ ފެރީގެ ދަތުރުތަކުގެ ސަބަބުން ކާބޯތަކެތީގެ އަގު ހެޔޮވާނެ ކަމަށް  ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިިދާޅުވެ ދެއްކެވި ވާހަކާއާ ގުޅިގެންނެވެ.

އެގޮތުން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާގޯ ފެރީގެ ސަބަބުން ސަޕްލައި ދޯނިތަކާއި ނާލު ބޯޓުތަކަށް ލިބޭ ދަތުރުތައް މަދުވެ، އެ އުޅަނދުތަކުގެ ބޭނުން ކުޑަ ވެއްޖެ ކަމަށެވެ.

”[ކާގޯ ފެރީގެ ސަބަބުން] އޮޑިވެރިން އިތުރަށް ބިކަވެއްޖެ. މާލިމީންނާއި ފަޅުވެރިން މަގުމަތިވެއްޖެ. ހުސް އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު. ކާކު ޒިންމާ ވާނީ؟“ އާދަމް ޝަރީފް ވިދާޅުވިއެވެ.

އިންޑިއާގެ ޓުޓިކޮރިންއާއި ގދ. ތިނަދުއާ ދެމެދު ކާގޯގެ ހިދުމަތް ފެށުމަށް އިއްޔެ ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް، މި ނިޒާމު ކައިރި ގައުމުތަކާ ގުޅާލެވި، އަވަސް ހިދުމަތްތަކެއް އެކަށީގެންވާ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މައިގަނޑު އެއް އަމާޒުކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވުމަށްކުރާ މަސައްކަތްތަކުގައި، ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި ކާގޯގެ ހިދުމަތް ފެށިގެންދިއުމަކީ ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: