ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މެދު މި ސަރުކާރުން އަމަލުކުރަމުން އަންނަނީ ކުރީގެ ރައީސް އަލްމަރްހޫމް އިބްރާހިމް ނާސިރާއި މެދު އަމަލުކުރި ގޮތަށް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރްހޫމް ނާސިރުގެ މުދާވެސް ސަރުކާރަށް ނެގި ކަމަށާއި ނަމަވެސް ގައުމަށްވީ ފައިދާއެއް އަދި ރައްޔިތުންނަށް ހާސިލު ކުރެވުނު އެއް ކަމެއް ވެސް ނެތް ކަމަށެވެ.
”ޔާމީނާއި މެދު އަމަލުކުރަމުންދަނީ ނާސިރާއި މެދު އަމަލުކުރި ގޮތަށް. ބަދަލު ހިފަނީ ސަރުކާރު ބަލިކަށިވާތީ އެކްޓިވިސްޓުން ރުއްސަން“ އާދަމް ޝަރީފް ވިދާޅުވިއެވެ.
Maruhoom Nasirge mudhaaves sarukaarah negi! Qaumah vee faidhaaeh, rayyithunnah haasilu kurevunu eh kameh ves neiy. RY aai medhu amalu kuramundhanee Nasir aa medhu amalukuri gothah! Badhalu hifanee sarukaaru balikashivaathee activists russan. https://t.co/Wgk0ug3Had
— Adam Shareef Umar (@Adamshareefz) January 7, 2021
ޔާމީންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ނަގައިދޭން ދައުލަތުން ކްރިމިނަލް ކޯޓުގައި އިއްޔެ ވަނީ އެދިފައެވެ.
އެގޮތުން ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުން ރިޝްވަތުގެ ދައުވާ އިއްވަމުން ވިދާޅުވީ ނުފޫޒު ބޭނުންކޮށްގެން ޔާމީން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

