ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހިގެން ހަތަރު މީހަކު އައިސީޔޫގައި، އެކަކު ވެންޓިލޭޓަރުގައި

ދަރުމަވަންތަ ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން ހަތަރު މީހަކަށް އައިސީޔޫގައި އަދި އެކަކު ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑު-19 ޖެހިފައިވާ މީހުންގެ ތެރެއިން 69 މީހަކު އެޑްމިޓުކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފްލޯގެ އައިސީޔޫގައި 4 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފްލޯގައި ދެ މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

ހުޅުމާލޭގައި ހުންނަ ކޮވިޑު ފެސިލިޓީގައި 38 މީހަކަށް ފަރުވާ ދެމުން އަންނަ އިރު ގއ. ވިލިގިލީ ކޮވިޑް ފެސިލިޓީގައި ފަސް މީހަކަށް އަދި ގަން ކޮވިޑް ފެސިލިޓީގައި ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: