އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް، މިހާރުވެސް އެ މަގާމު ފުރުއްވަމުންދާ އިމްރާން އަބްދުﷲ ކުރިމަތިލައިފި އެވެ.
އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުުވީ މި ގޮތަށް ނިންމީ ގައުމުގެ ހާލަތު ހުރިގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް، ކުރިއަށް ގެންދިޔުމުގައި އެމަަނިކުފާގެ ދައުރު މުހިންމުކަމަށް އޭޕީގެ ގިނަ މެމްބަރުން ފާހަގަކުރައްވާތީކަމަށެވެ.
އަދާލަތު ޕާޓީގެ އިސްމަގާމުތަކަށް ކުރިމަތިލުމުގެ ސުންގަނޑު ހަމަވާނީ، މިއަދު މެންދުރު 2:00އަށެވެ. އިންތިހާބު އޮތީ މިމަހު 30 ވަނަ ދުވަހު އެވެ.
ޕާޓީގެ ރައީސްގެ މަގާމަށް އިމްރާން ފިޔަވައި، އިތުރު މީހަކު ކުރިމަތިލީކަން އަދި ހާމައެއް ނުކުރެ އެވެ.

