ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓުތަކުން ކަނޑަށް ކުނި އަޅާތީ ނަޝީދުގެ ކަންބޮޑުވުން!

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތަކުން މޫދަށާއި ކަނޑަށް އަޅާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ)، ރިސޯޓެއްގެ ދޯންޏަކުން ކަނޑަށް ކުނި އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ޓްވިޓާގައި ހިއްސާކުރުމާ ގުޅިގެންނެވެ.

ވީޑިއޯ ހިއްސާކޮށް ސައްލެ ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކުން ދުވާލެއްގެ މައްޗަށް 389 ޓަނުގެ ކުނި އުފައްދާ ކަމަށް ލަފާ ކުރެވޭ ކަމަށާއި އޭގެ ތެރެއިން 233 ޓަނަކީ ކާބޯތަކެތީގެ ނުވަތަ އޯގެނިކް ކުނި ކަމަށެވެ.

”ގަވާއިދުގެ ދަށުން މިފަދަ ކުނިތައް ކަނޑަށް އެޅުމުގެ ހުއްދަ ރިސޯޓުތަކަށް ލިބިފައިވޭ. މި ވަރަށް ކުނި އަޅަމުން ދާ ނަމަ ގުދުރަތީ ގޮތުން މެނޭޖު ކުރެވޭ ވަރަށް އިތުރުވެދާނެ. އަޅުގަނޑުމެން ގަވާއިދު ބަދަލު ކުރަން ޖެހޭ،“ ސައްލެ ވިދާޅުވި އެވެ.

ސައްލެގެ ޓްވީޓް ރިޓްވީޓް ކުރައްވައި ނަޝީދު ވިދާޅުވީ މިއީ ބޮޑު މައްސަލައެއް ކަމަށާއި ރިސޯޓުތަކުގެ އަދަދު އިތުރުވާ ވަރަކަށް މައްސަލައިގެ ބޮޑުކަން އިތުރުވާނެ ކަމަށެވެ. އަދި ޔަގީނުން ވެސް އެ މައްސަލައަށް މާ ރަނގަޅު ހައްލުތައް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ކޮމްޕޯސްޓު ހެދުން ނުވަތަ ކާބޯތަކެތީގެ ކުނިން ބަޔޯގޭސް އުފެއްދުން؟ މީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ ރާއްޖޭގެ ގުދުރަތީ ރީތި މާހައުލުގެ ސަބަބުން. އަޅުގަނޑުމެން އެ ރީތިކަން ހަލާކު ކުރަމުން ދާއިރު، އޭގެ ގެއްލުން ވާނީ ވެސް ހަމަ އަޅުގަނޑުމެންނަށް،“ ނަޝީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: