ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އިން ދޭ ކޮވިޑް ވެކްސިން މާދަމާ ރާއްޖެއަށް

ރައީސް ޞާލިހު އަދި އިންޑިއާގެ ބޮޑު ވަޒީރު މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟
އޮކްސްފޯޑް އެސްޓްރަޒެނެކާގެ “ކޮވިޝީލްޑް” ވެކްސިންގެ ޝިޕްމަންޓް މާދަމާ ރާއްޖެ ގެންނާނެ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ ބަހެއް ލިބިފައި ނުވެެެެެެއެވެ.

ނަމަވެސް، އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެފައި ވަނީ ދިވެހި ސަރުކާރުން ހޯދަންޖެހޭ ހުރިހާ ހުއްދައެއް ލިބިފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެ ވެގެންދާނީ އިންޑިއާގެ ވެކްސިން ލިބޭ ފުރަތަމަ ގައުމަށެވެ.

ވެކްސިން ޝިޕްމަންޓް ހިފައިގެން އަންނަ އެއާ އިންޑިއާގެ ފްލައިޓު މާދަމާ މެންދުރު 02:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާނެ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: