ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާސާ ރިޕޯޓު: މާލޭގައި އުޅޭ 38،000 މީހުންނަށް ކޮވިޑް ޖެހި ވަނީ ރަނގަޅުވެފައި!

މާލޭގައި ރެންޑަމް ސާމްޕަލް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އާބާދީއަށް ބަލާއިރު 38،000 ވަރަކަށް މީހުންނަށް ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ ކަމަށް ބައްޔާއި ގުޅިގެން ހެދި ދިރާސާއިން ދައްކައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާދީއްތަ ދުވަހު ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޑިރެކްޓާރ އޮފް ރީސާޗް ޑރ. ރަހީމާ އަބްދުއްރަހްމާން ވިދާޅުވީ ސިރޯ ޕްރިވިލެންސްގެ ތެރެއިން ޓެސްޓް ކުރި މީހުންގެ ތެރެއިން އެންޓި ބޮޑީ ހުރިކަމަށް ދައްކަނީ 13.4 އިންސައްތަ މީހުންގެ ހަށިގަނޑުން ކަމަށެވެ. އެއީ މާލޭގެ އާބާދީގެ ނިސްބަތުން ބަލާނަމަ 38،000 މީހުންނެވެ.

ޑރ. ރަހީމާ ވަނީ ސާމްޕަލްތަކުގެ ތެރެއިން ބޮޑު އިންސައްތައެއް ކޮވިޑަށް ހުށަހެޅިފައި ނެތްކަން ފާހަގަ ކުރައްވާފައެވެ. އެހެން ކަމުން މިއީ ރައްކާތެރިވުމުގައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި ކޮވިޑު ޖެހިފައިވާ މީހުންގެ ތެރެއިން ބިދޭސީންގެ ތެރެއިން 36.4 އިންސައްތަ މީހުންގެ ގައިގައި އެންޓިބޮޑީ ހުރިކަމަށް ދައްކާފައި ވެއެވެ.

ޑރ. ރަހީމާ ވިދާޅުވީ މާލޭގައި ބިދޭސީންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކު ކޮވިޑަށް ހުށަހެޅުނު ކަމަށެވެ. އަދި ދިވެހިންގެ ތެރެއިން ކޮންމެ އެގާރަ މީހެއްގެ ތެރެއިން އެކަކަށް ބަލި ޖެހުނު ކަމަށެވެ.

ކުރިން ބައްޔަށް ޕޮޒިޓިވްވިކަން އެނގިފައިވާ މީހުންގެ ތެރެއިން 57.98 އިންސައްތަ މީހުންގެ ގައިގައި އަދިވެސް އެންޓިބޮޑީ ހުރިކަމަށް ކަމަށް ދިރާސާއިން ދައްކައެވެ. އަދި ބަލި ޖެހުނުކަން ނޭނގި ރަނގަޅުވި މީހުންގެ ތެރެއިން އެންޓިބޮޑީ ހުރިކަމަށް ދައްކާފައިވަނީ 10 އިންސަައްތަ މީހުންގެ ގައިންނެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ގައިގައި ހުންނަ އެންޓިބޮޑީސް ދުވަސް ވާވަރަކަށް ދަށް ވެއެވެ. ރާއްޖޭގައި ފުރަތަމަ މަހު އެންޓިބޮޑީސް11 އިންސައްތައިގައި ހުރެއެވެ. އަދި އޭގެ 06 މަސް ފަހުން، އެ އަދަދު 06 އިންސައްތައަށް ދަށް ވެއެވެ. އެކަމަށް އިޝާރާތްކޮށް ރަހީމާ ވިދާޅުވީ ބައެއް ގައުމުތަކުގައި އެންޓިބޮޑީ 06 މަހަށް ހުންނަ ކަމަށެވެ. އަދި ބައެއް މީހުންގެ އެންޓިބޮޑީ ހުންނަނީ 03 މަހަށެވެ

ދިރާސާއިން ދައްކާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވި މީހުން ދުވަސްވާ މިންވަރަށް އެންޓި ބޮޑީސް ދަނީ މަދުވަމުންނެވެ. އެ ގޮތުން ފުރަތަމަ މަހު އެންޓިބޮޑީ 11 ޕަސެންޓްގައި ހުރި ނަމަވެސް ހަ މަސްވާއިރު އެ އަދަދު ހަ ޕަސެންޓަށް މަދުވެއެވެ. ރަހީމާ ވިދާޅުވީ އެކި ގައުމުތަކުގައި މިހާތަނަށް ކޮށްފައިވާ ދިރާސާތަކުން ބައެއް މީހުންގެ އެންޓިބޮޑީ ހަ މަހަށް ހުންނައިރު ބައެއް މީހުންގެ އެންޓިބޮޑީ ހުންނަނީ ތިން މަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: