ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއިން, ނޭފަތަށް ޖަހާ ކޮވިޑް ވެކްސިނެއް އުފައްދަނީ

އެމެރިކާގެ ޗީފް މެޑިކަލް އެޑްވައިޒަރު ޑރ އެންތަނީ ފައުޗީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް، ނޭފަތަށް ޖަހާ ވެކްސިންއެއް ތައާރަފް ކުރުމުގެ މަސައްކަތްތައް އެމެރިކާއިން ފަށައިފިއެވެ.

ކޮވިޑް19ގެ ބަލިމަޑުކަމަށް ހައްލެއް ހޯދުމުގެ މަަސައްކަތްތައް ކުރިއަށް ގެންދާކަމަށް ފާހަގަކޮށް، އެމެރިކާގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި އެގައުމުގެ ޗީފް މެޑިކަލް އެޑްވައިޒަރު ޑރ އެންތަނީ ފައުޗީ ވިދާޅުވީ، ތައާރަފް ކުރުމަށް މަސައްކަތްތައް ކުރާ، ނޭފަތައް ޖަހާ ވެކްސިންގެ އަސަރުތައް މައިގަނޑުގޮތެއްގައި ހުންނާނީ، ނޭވާލާ ނިޒާމުގެ ތެރޭގައިކަމަށެވެ. އެހެންކަމުން އެ ވައިރަސް ހަށިގަނޑަށް ވަންނަ ހިނދުން ފެށިގެން އެކަމުން ރައްކައުތެރިކުރުމަށް ބޭނުންވާ އެންޓިބޮޑީސް، ނޭވާލާ ނިޒާމުގައި ހުންނާނެކަމަށެވެ.

ޑރ އެންތަނީ ފައުޗީގެ ފަރާތުން، ނޭފަތައް ޖަހާ ވެކްސިންތަކަށް ޝައުގުވެރިކަމެއް ހުރިކަން ހާމަކޮށްފައިވާއިރު، މިކަމަށް މިވަގުތު އޮތް ތާއީދު ކުޑަކަމުން ތައާރަފް ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކައް ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް މީޑީއާތަކުން ބުނެއެވެ.

ވެކްސިންތައް އުފެއްދުމަށް މަސައްކަތްކުރާ ބައެއް ފަރާތްތަކުން ފާހަގަކުރާގޮތުން، ނޭފަތައް ޖަހާ ވެކްސިންއަކަށް ތާއީދު ކުޑަވެފައިވާ މައިގަނޑު ސަބަބަކީ، އެންމެ ފުރަތަމަ، ކޮވިޑާއި ދެކޮޅަށް ކުރެވެމުންދިޔަ މަސައްކަތްތައް ނިމުމަކަށް އައިސްފައިވާތީ އަދި މަސްގަނޑަށް ޖަހާ ވެކްސިންނެއް ތައާރަފް ކުރެވިފައިވާތީ، އިތުރަށް ތަރައްގީ ކުރުން ބޭނުންތެރި ނޫންކަމަށް ބައެއް ފަރާތްތަކުން ދެކޭކަމަށްވުމުންނެވެ.

މަސްގަނޑަށް ޖަހާ ވެކްސިންތައް އުފެއްދިފައިވުމާއި އެކު، އިތުރު ތަރައްގީތަކެއް ގެނައުން މުހިންމު ނޫންކަމަށް ބައެއް ފަރާތްތަކުން ދެކޭ ކަމަށް އިޝާރާތްކޮށް އެމެރިކާގެ އިމިއުނޯލޮޖިސްޓެއްކަމަށްވާ ފްލޯރިއަން ކްރޭމަރ ވިދާޅުވީ، ބައެއް ފަރާތްތަކުން އެހެން ދެކުނު ނަމަވެސް ކޮވިޑްގެ ހާލަތުން އަދިވެސް އަރައިގަނެވިފައިނުވެއެވެ. އެހެންކަމުން މަސްގަނޑަށް ޖަހާ ވެކްސިންތަކުން އެންމެ އެދެވިގެންވާ ރައްކައުތެރިކަން ނުލިބޭކަން ސާފުވާކަމަށާއި، ކޮވިޑްގެ ވައިރަސް ނޭވާލާ ނިޒާމަށް ވަނުން ހުއްޓުވުމަކީ، ބަލި ޖެހުމުން ފަރުވާ ކުރުމަށްވުރެ އެދެވިގެންވާކަމެއް ކަމަށްވެސް އެނާ ފާހަގަކުރިއެވެ.

ނޭފަތުގެ ޒަރިއްޔާއިން، ނޭވާލާ ނިޒާމަށް ތައާރަފްކުރާ، ވެކްސިންނެއްގެ ވާހަކަދެކެވެމުންދިޔަ ނަމަވެސް، އެ ވެކްސިންތައް މާކެޓުން ފެނުމަކީ ދުރުގައިވާކަމެއް ކަމަށް އެމެރިކާގެ ޗީފް މެޑިކަލް އެޑްވައިޒަރު އެންތަނީ ފައުޗީވަނީ ފާހަގަކޮށްފައިއެވެ. ސަބަބެއް ކަމަށް އެނާ ވިދާޅުވީ، އިންސާނުންގެ ތެރޭގައި ޓެސްޓު ކުރެވިފައިނުވާތީއެވެ. މިފަދަ ވެކްސިނެއްގެ މަސައްކަތް ކުރަމުންދަނީ އެންތަނީ ފައުޗީ އިސްވެރިއަކަށް ހުންނަ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: