ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑު ވެކްސިންގެ އިދާރީ މަސައްކަތްތަކަށް އޭޑީބީގެ 10 މިލިއަން ޑޮލަރުގެ އެހީއެއް!

ފިނޭންސް މިނިސްޓްރީގައި އޮތް ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 އިން ރައްކާތެރިވުމަށް ދޭ ވެކްސިން ފޯރުކޮށްދިނުމަށް އެޝިއަން ޑެވެލޮޕްމަންޓު ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީ ދީފި އެވެ.

އޭޑީބީން ރާއްޖެއަށް ވީ އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފިނޭންސް މިނިސްޓްރީން ބުނީ، މިއީ ކޮވިޑުގެ ވެކްސިނާއި ބެހޭ އިދާރީ ހަރަދުތަކަށް އޭޑީބީން ވެދިން އެހީއެކެވެ.

ރާއްޖެ ކޮވިޑާއި ދެކޮޅަށް ކުރި މަސައްކަތްތަކަށް މީގެ ކުރިން ވެސް އޭޑީބީން ގިނަ އެހީތަކެއް ފޯރުކޮށް ދިނެވެ.

ކޮވިޑުން ދިފާއުވުމަށް ރާއްޖެއިން ކުރި ހޭދަ 4 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: