ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ހޮސްޕިޓަލްގެ ބޯޑު އެކުލަވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ އިކޮއަޓޯރިއަލް ހޮސްޕިޓަލްގެ ގަވާނިން ބޯޑް އެކުލަވާލައިފި އެވެ.

ހޮސްޕިޓަލްގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް ހަމަޖައްސާފައިވަނީ މިހާރުވެސް އެ މަޤާމުގައި ހުންނެވި ޑރ. މުހައްމަދު ސާލިހެވެ.

ބޯޑު ޗެއާޕާސަންގެ މަގާމަށް އައްޔަނު ކޮށްފައިވަނީ އަހުމަދު ޒާހިރު އެވެ.

އަދި ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖްރިބާކާރެއްގެ ގޮތުން ޑރ. އަލީ ނާޒިމް ބޯޑްގައި ހިމެނިވަޑައިގަންނަވާއިރު ހެލްތް މިނިސްޓްރީގެ ފަރާތުން އާމިނަތު ޝާއިނާ އަބްދުﷲ ބޯޑުގައި ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން ސަރަހައްދުގެ ޕަބްލިކް ހެލްތް ދާއިރާގެ ފަރާތުން އާމިނަތު މުހައްމަދުދީދީ ބޯޑުގައި ހިމެނިވަޑައިގަންނަވާއިރު އާންމުންގެ ތެރެއިން އައްޔަނުކުރެވޭ މެމްބަރެއްގެ ގޮތުގައި ޒާހިދާ އިބްރާހިމް ވަނީ ބޯޑަށް އައްޔަނު ކޮށްފައެވެ. އަދި ސިޓީ ކައުންސިލްގެ ފަރާތުން އަބްދުﷲ ސާދިޤު އައްޔަނުކޮށްފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: