ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ މެޓްރޯ ކެފޭގައި އުޅެމުންދިޔަ ބަޔަކު ޑިޓޮކްސް ސެންޓަރަށް!

މާލޭ މަގުމަތީގައި ގިނަބަޔަކު އަންނަނީ ދިރިއުޅެމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ މެޓްރޯ ކެފޭގައި ތިބި ބަޔަކު ޑިޓޮކްސިފިކޭޝަން ސެންޓަރަށް ބަދަލުކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީއިންނާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން އާންމު ކޮށްފައިވާ ނޫސްބަޔާނެއްގައި ބުނީ ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ތިން މީހަކު ޑިޓޮކްސިފިކޭޝަން ސެންޓަރަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ނޫސްބަޔާނުގައިވާ ގޮތުން، އުޅޭނެ ގެދޮރު ނެތް އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ތެރެއިން ފަރުވާ ބޭނުންވާ ބަޔަކު ކުރީގެ މެޓްރޯ ކެފޭގައި އުޅެމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު ޖެންޑަރ މިނިސްޓްރީއިން ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ޒިޔާރަތް ކުރިކަމަށް ނޫސްބަޔާނުގައިވެއެވެ.

އެމީހުން މިހާރު ނޭޝަނަލް ޑްރަގް އެޖެންސީގެ ހާވަލުގައި ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ވަގުތީ ޑިޓޮކްސިފިކޭޝަން ސެންޓަރަށް ބަދަލުކުރެވިފައވާ ކަމަށް ބަޔާނުގައިވެއެވެ. އަދި މިހާރު އެއިމާރާތް ސާފުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ބަޔާނުގައިވެއެވެ.

މާލޭގައި ވަންނާނެ ތަނެއް ނެތި، އެހީތެރިކަމަށް ބޭނުންވެފައިވާ މީހުން އުޅޭ ސަރަހައްދުތައް ފާހަގަކޮށް އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ފަރުވާގެ ނިޒާމު ފުރިހަމަކުރަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމު ހަމަޖައްސަމުން ގެންދާނެ ކަމަށް ޖެންޑާރ މިނިސްޓްރީއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

މާލޭގެ މަގުތަކުގައި އަޅާލާނެ މީހެއް ނެތި މަގުމަތިވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، މާލޭގައި އެކި އެކި ސަރަހައްދުތަކުގައި އުޅެމުންދާ މީހުން ގުޅީފަޅު، އަދި ފަރުކޮޅުފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާތާ މިހާރު ވަނީ ދުވަސްކޮޅެއް ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: