ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތުގައި ހަމަލާދިން މީހާ ޑީޕޯޓުކޮށްލަން ނިންނީ މަސްލަހަތަަށް ބަލާފައި: ޕީޖީ

ޕީޖީ ހުސެން ޝަމީޟް: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ އަޒީޒާ މިސްކިތުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހާއަށް ދަޢުވާ ނުކޮށް ޑީޕޯޓް ކޮށްލީ ދަޢުވާ ކުރުމަށްވުރެ ޑީޕޯޓްކޮށްލުން މަސްލަޙަތު ބޮޑު ކަމަށް ފެންނާތީ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

އެމީހާއަށް ދައުވާ ނުކުރުމަށް ނިންމާ ޑީޕޯޓްކޮށްލަން ނިންމީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ މައްސަލައިގެ ޒާތާއި ބާވަތަށާއި، ލިބިފައިވާ ގެއްލުމާއި، ތުހުމަތުކުރެވޭ މީހާގެ ކުށުގެ ރެކޯޑާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތް ކުރިއިރު މި މައްސަލާގައި ޖިނާއީ ދަޢުވާއެއް ކުރުމަށްވުރެ މަސްލަޙަތު ބޮޑީ ތުހުމަތުކުރެވޭ ފަރާތް ޑީޕޯޓްކޮށްލުމުން ކަމަށް އެ އޮފީހަށް ފެނުނު ކަމަށެވެ.

މި ނިންމުން ނިންމުމުގެ ކުރިން މައްސަލާގައި އަނިޔާލިބުނު ފަރާތާ މަޝްވަރާކޮށް މައްސަލަ ކުރިއަށްގެންދިއުމާމެދު ދެކޭގޮތް ބަލާފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

އަދި މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކުރާ ކުށްތަކުގެ ބާވަތާއި ލިބުނު ގެއްލުމާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް ކުރިންވެސް ޢަމަލުކުރާ ގޮތް ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރުން މިބާވަތުގެ ނިންމުންތައް ނިންމުމުގައި ކުށުގެ ތުހުމަތުކުރެވޭ މީހާ ވަކިޤައުމަކަށް ނިސްބަތް ވުމަކީ ނިންމުމަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޖިނާއީ މަޢްސަލައަކީ ޤާނޫނުގެ ދަށުން ދައުލަތުން ދައުވާ ކުރަންޖޭހޭ މައްސަލަތަކެތް، މީ ސަމީމްމުގެ ތަރިކައެއްނޫ….

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: