ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްރަށަށް ގޮސް ކަރަންޓީންވެ، އެމްޑީޕީން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީން ރަށްރަށަށް ގޮސް ކަރަންޓީން ވުމަށްފަހު ރަށްރަށުގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ވަމުން އަންނަ ތައްޔާރީ ތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ ލީޑާޝިޕްގެ އެކި ފަރާތްތައް ކެމްޕެއިންނަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގޮސް 10 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރާނެ ކަމަށެވެ. އަދި އެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު އެ ސަރަހައްދުތަކުގައި ކެމްޕެއިންތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުގައި ޖަލްސާތައް ބާއްވާއިރުވެސް ބާއްވާނީ އެކި ހިސާބުތަކުގައި ސްކްރީންތައް ބަހައްޓައިގެން ގައިދުރުކަމާއި އެކު ކަމަށެވެ. އަދި މިފަހަރު ދޮރުން ދޮރަށް ހިނގުމުގެ ބަދަލުގައި އެކަން ކުރާނީ ފޯނުން ގުޅައިގެން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕެންޑެމިކެއްގައި ކެމްޕެއިން ކުރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި، އެހެން ނަމަވެސް މިފަދަ ހާލަތެއްގައިވެސް ކެމްޕެއިން ކުރާނޭ ގޮތް އެމްޑީޕީން ދައްކާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: