ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑިޕީއަށް އަބަދު ސަޅިބައިސާ ނުވިއްކޭނެ: ޖަމީލް

ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ ޕާޓީ، އެމްޑީޕީއަށް ދެން ރައްޔިތުންނަށް ސަޅިބައިސާ ނުވިއްކޭނެކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން އިއްޔެ އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ޖަމީލް ވިދާޅުވީ ވެރިކަން ލިބި ފާއިތުވެދިޔަ ދުވަސްތަކުގައި ރައްޔިތުންނަށް އެއްވެސް އުންމީދެއް ނުދެވި ފެނިގެން ގޮސްފައިވަނީ ނާގާބިލުކަމާއި ކަންކަން ކުރަން ނޭގޭ ކަމުގެ މިސާލުކަމަށެވެ.

”ޕީޕީއެމް އިން ދެއްކީ ތަރައްޤީ. ބްރިޖާއި މަޝްރޫޢުތައް ފެނި ޚުދު މަޖިލިސް ރައީސް އާޝޯހްވި. އެމްޑީޕީއަށް އަބަދު ސަޅިބައިސާ ނުވިއްކޭނެ. އިންޝާﷲ މިނިވަން އިންތިޚާބެއް ޕީޕިއެމް އިން ފަތަޙަކުރާނެ.“ ޖަމީލް ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި އިދިކޮޅު ފަރާތްތައް ބޮޑު ބައްޔަކުން ބަލިކުރާނެކަމަށެވެ. އަދި އިންތިޚާބުން އެމްޑީޕީ ބަލިވާނެ އެއްވެސް ފުރުޞަތެއް ނެތްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: