ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާ (ލައިބްރަރީ) އާއި ޑިޖިޓަލް އަރުޝީފް (އާކައިވް) ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހުޅުވައިދެއްވައިފިއެވެ.
މަޖިލީހުގެ ކުތުބުޚާނާ އާއި ޑިޖިޓަލް އަރުޝީފް ރައީސް ސޯލިހް ހުޅުވައި ދެއްވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި އަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވަވައި ދެއްވުމަށްފަހުގައެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި މަޖިލީހުގެ އަރުޝީފްގައި 6،688 ލިޔުމާއި 1،129 ވީޑިއޯގެ އިތުރުން 10،000 އަށް ވުރެ ގިނަ ފޮޓޯ ހިމެނެއެވެ.
މި ގޮތުން 2،133 ފޮތާއި 2،214 ފައިލް ހިމެނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

