ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރިޔާސީ ބަޔާނުން ހިޔާ ފްލެޓްތައް ލިބޭ ރައްޔިތުންނަށް އެއްވެސް ސަމާލުކަމެއް ނުދެއްވާކަން ހާމަވެއްޖެ“

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނުން ހިޔާ ފްލެޓްތައް އަތުލި ނިކަމެތި ރައްޔިތުންގެ އިހުސާސް ތަކާއި ފްލެޓްތައް ލިބޭ ރައްޔިތުންގެ އިންތިޒާރަށް އެއްވެސް ސަމާލުކަމެއް ނުދެއްވާކަން ސާފުވެގެން ދިޔަ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނަށް ފާޑުވިދާޅުވެ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހިޔާ މަޝްރޫޢުގެ ވާހަކަ އެއްވެސް ވަރަކަށް ނުގެންނެވީތީ ހިތާމަކުރާ ކަމަށާއި ހިޔާ ފްލެޓްތައް އަތުލި ނިކަމެތި ރައްޔިތުންގެ އިހުސާސް ތަކާއި ފްލެޓްތައް ލިބޭ ރައްޔިތުންގެ އިންތިޒާރަށް އެއްވެސް ސަމާލުކަމެއް ނުދެއްވާކަން ސާފުވެގެން ދިޔަ ކަމަށެވެ.

”ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ގުޅީފަޅުގައި ޕޯޓް ހެދުމަށް ކުރިއަށް ދާނެކަމެއް އިއުލާން ކުރެއްވި ކުރެއްވުމަކީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގާއި އެ ކަމުގެ އުންމީދާއިމެދު މި ސަރުކާރުގެ ސިޔާސަތު އޮތްގޮތް ވަރަށް ސާފުވެގެންދާ ކަމެއް.“ މުއިއްޒު ވިދާޅުވިއެވެ.

ރައީސްގެ ބަޔާނުގައި ހިޔާ ފްލެޓު ތަކުގެ އެއްވެސް ވާހަކައެއް ވިދާޅުނުވި ނަމަވެސް އެމަނިކުފާނު ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް ރޭވި މަޝްރޫޢުތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށްފަހު، އެމަޝްރޫޢުތަކުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

އޭގެ ތެރެއިން، 1000 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖުގެ 2000 ހައުސިން ޔުނިޓު ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފްތާގައި ވާނީ ސޮއިކޮށްފައި ވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިތުރު 2000 ހައުސިން ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މާލެ ސަރަހައްދުގައި ފެށޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: