ކޮވިޑް ޖެހިގެން މިއަދުވެސް ދިވެއްސަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިރޭ 8:20 ހާއިރު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ދިވެހި ފިރިހެނެއް ކަމަށެވެ.
މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާވި 54 ވަނަ ފަރާތެވެ.
ކޮވިޑް ޖެހިގެން އިއްޔެ ވެސް މީހަކު ނިޔާވެފައިވެއެވެ. އެގޮތުން އިއްޔެ ނިޔާވެފައިވަނީ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ރާއްޖެއިން މިހާތަނަށް 16،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ބަލިން ރަނގަޅު ނުވެ ތިބީ 1879 މީހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި އޭގެތެރެއިން 170 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

