ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރާ އިތުރު މައްސަލައެއްގެ ތަހުގީގަށް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ނިންމާފައި އޮތުމަށްފަހު ކެންސަލް ކޮށްފިއެވެ.
ރައީސް ޔާމިން ފުލުހަށް ހާޒިރު ކުރަން ހަމަޖެހިފައި އޮތީ މިއަދު ހެނދުނު 9:00 އަށެވެ. އެހެންކަމުން މިއަދު އެގަޑިއަށް ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގް ހިމެނޭ ސަރަހައްދު ބަންދު ވެސް ކުރިއެވެ. ނަމަވެސް ރައީސް ޔާމިން މިއަދު މާލެ ގެނައުން ކެންސަލް ކުރުމާއެކު އެސަރަހައްދުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުން ކެންސަލް ކުރި ސަބަބެއް އެއްވެސްފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށް ފަހު ޔާމީން މިއަދު ހަތަރު ގަޑިއިރަށް އެމަނިކުފާނުގެ ގެކޮޅަށް ގެންދާ ގޮތަށް ވެސް އޮތީ ހަމަޖެހިފައެވެ. އެއީ ތަހުގީގާ ގުޅޭ ބައެއް ބައެއް ކަންކަމުގައެވެ.

