ޖަޒީރާކުރުމުގެ ނަމުގައި މި ސަރުކާރުން ބޭރު މީހުންނަށް ހިބައިން ދޭން އުޅެނީ ދިވެހި ބިމާއި މުއްސަނދިކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީން ޖުމްލަ 5 އަހަރު ވެރިކަންކޮށްފައިވާއިރު ގެެނެސްދެވުނީ ކޮން ތަރައްޤީއެއްތޯ ސުވާލު އުފައްދާފައެވެ.އޭނާ ވިދާޅުވީ ޖަޒީރާކުރުމުގެ ނަމުގައި ބޭރު މީހުންނަށް ހިބައިން ދޭން އުޅެނީ ދިވެހި ބިމާއި މުއްސަނދިކަން ކަމަށެވެ.
“އެމްޑީޕީން ޖުމްލަ 5 އަހަރު ވެރިކަންކޮށްފި. ގެެނެސްދެވުނީ ކޮން ތަރައްޤީއެއް؟ ފުރަތަމަ ދެއްކީ ރިހާކުރު، އަހިވަކު ފެކްޓްރީ އާއި ކަންނެލި ޖަގަހަތަކުގެ ވާހަކަ. ހަމަޖެހޭ ޕްލިސީއެއް މީހަކުވެސް ނެތް” ޖަމީލް ވިދާޅުވިއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް އެމްޑީޕީދަނީ ގިނަ ވައުދުތަކެއް ރައްޔިތުންނާއި ހަމަޔަށް ހުށަހަޅަމުންނެވެ. ވައުދުތައް ވަމުންދާއިރު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބަށް ވެފައިވާ ވައުދުތައް ނުފެއްދޭތީ އެމްޑީޕީން ކުރިއަށް ގެންދާ ރަށްވެހި ފަސްތިސް ކެންޕެއިންގައި ގިަނ ރަށްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

