އައްޑޫ ސިޓީ އަށް ގެނައުމަށް ނިންމާފައިވާ އަސްތައް މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)ގެ ބޯޓަށް އަރުވައިފިއެވެ.
އެމްއެސްއެސްއިން ކުރި ޓްވީޓެއްގައި ބުނީ މިއީ އެ ބޯޓުގައި ދިރޭ ޖަނަވާރުތަކެއް އުފުލާ ފުރަތަމަ ފަހަރު ކަމަށެވެ.
އައްޑޫ ސިޓީއަށް ފަސް އަސް ގެނައުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗައިން ވަނީ ހުއްދަދީފިއެވެ.
އައްޑޫގެ ޒުވާނުންތަކެއް އިސްނަގައިގެން އެސިޓީއަށް އަސްތަކެއް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށާއި އެކަމަށް ބޭނުންވާ ހުއްދަތަށް ކަމާގުޅޭ މިނިސްޓްރީންތަކުން ހޯދާފައިވާކަމުގައި މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ ޖަލްސާގައި މަޖިލީހުގެ ރައީސް ރައިސް މުޙައްމަދު ނަޝީދު ވަނީ ހާމަކުރައްވާފައެވެ.
އަސްތައް ގެނައުމުން އައްޑޫ ރައްޔިތުންނަށްވެސް އަދި އެސިޓީއަށް ޒިޔާރާތްކުރާ ފަތުރުވެރިންނާއި މެހެމާނުންނަށްވެސް އެޔަށް އަރާލެވޭނެ ގޮތް މިކަން އިންތިޒާމުކުރާ ފަރާތުން ހަމަޖައްސަވާނެކަމަށް ޤަބޫލުކުރައްވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

