ފުވައްމުލަކު ސިޓީގެ ކާފިއު އުވާލާފައިވާކަމަށާއި ނަމަވެސް ފުވައްމުލަކުގެ މޮނިޓަރިންގެ މުއްދަތު މާޗް 15 އާއިހަމައަށް އިތުރުކޮށްފައިވާ ފުވައްމުލަކުގެ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ވިދާޅުވެއްޖެއެވެ.
އީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުވައްމުލަކު ސިޓީގެ މޭޔަރ ފަލާހު ޝަރީފް ވިދާޅުވީ ރޭގަނޑު ގަޑީގައި އަމަލުކުރަމުން އައި ކާފިއު އުވާލިނަމަވެސް ދެން ހުރި ފިޔަވަޅުތައް އެގޮތުގައި ދެމި އޮންނާނެކަމަށެވެ.
ފުވައްމުލަކުގައި މިހާރު ކޮވިޑް ޖެހިފައި ތިބީ 17 މީހުންނެވެ.
ޖުމްލަ 51 މީހަކު ފުވައްމުލަކުން ކޮވިޑަށް ފައްސިވިއެވެ. 34 މީހަކު ވަނީ މިބަލިން މިހާރު ރަނގަޅު ވެފައެވެ.

