ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑްގައި އެންމެފަހުން ރާއްޖެއިން ނިޔާވެފައިވަނީ މިއަދު މެންދުރު 12:27 ހާއިރު ހާލުބޮޑުވެގެން އައިޖީއެމްއެޗަށް ގެނައި އުމުރުން 66 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ މިއަދު މެންދުރު 12:35 ހާއިރު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިއީ މި މަހުގެ ތެރޭގައި ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި ފަސްވަނަ މީހާއެވެ.

