ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީ ހައުސިން ޔުނިޓުތައް ނިންމަން ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ކުޅުދުއްފުށީގައި އިމާރާތް ކުރަން ފަށައިފައިވާ 105 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމަން ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމަސައްކަތް ހަވާލުކުރެއްވީ ދޮންބެޒް ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތުގެ އަގަކީ  47,024,539.38  ރުފިޔާއެވެ. މަސައްކަތް ނިންމަން އެއްބަސްވެފައިވާ މުއްދަތަކީ 240 ދުވަސް ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން 105 ހައުސިން ޔުނިޓުގައި ނުނިމިހުރި ހުރިހާ މަސައްކަތެއް ނިންމާނެއެވެ. މި މަޝްރޫއަކީ މިއަހަރުގެ ޕީއެސްއައިޕީގެ ބަޖެޓުން ޚަރަދު ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ 2011 ވަނަ އަހަރު އެވެ. އެހެންނަމަވެސް 2014 ވަނަ އަހަރު ވަނީ މަސައްކަތް ހުއްޓިފައެވެ.

މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ  ހައުސިން ޑިޕާޓުމެންޓުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. ދޮންބެޒްގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: