ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ހިމެނޭ ބިން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނަގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ހިމެނޭ ބިން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނަގައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ހިމެނޭ ބިން ކައުންސިލްގެ އިހުތިސާސުން ވަކިކުރީ ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް އެ ބިން ބޭނުންވާތީ ކަމަށެވެ.

ކޮންޓެއިނަރާއި ޖެނެރަލް ކާގޯ ހޭންޑަލްކުރާ މި މަލްޓި ޕާޕަސް ޕޯޓު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ކީ ވޯލް ބޭރަށް ދިގުކޮށް، އެތަން ފުންކުރުމުގެ އިތުރުން ބަނދަރު ފުންކޮށް، ބޮޑެތި ބޯޓުތަކަށް ހިދުމަތް ދެވޭ ވަރަށް ޕޯޓު ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕޯޓު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށި އިންޑަސްޓްރިއަލް ޒޯނުގައި އެންކާ ސާވިސް މެދުވެރިކޮށް ގެނެވޭ ކޮންޓެއިނަރުތައް ސަރަހައްދަށް ބަހާލާ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރުމާއި އެތަނުގައި ފްރީ ޒޯން ހިދުމަތާއި ވެއާ ހައުސިން އަދި ބޮންޑެޑް ވެއާ ހައުސިން އެ ބިމުގައި ގާއިމުކުރުން ހިމެނެއެވެ.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯނު ހުރި ބިމުގައި މިވަގުތު އެސްޓީއޯގެ ނޯތު ޑިސްޓްރިބިއުޝަން ސެންޓަރު ހިންގުމަށް ދޫކޮށްފައިވާ ބިމަކާއި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމަށް ހޭންޑީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ބިމެއް ހިމެނެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން އެއްވެސް ހިޔާލެއް ނުވަތަ ޝަކުވާއެއް ހުށަހެޅުމަށް އެއްވެސް މީހަކު ބޭނުންވާނަމަ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެކަން ފިނޭންސަށް ލިޔުމުން ހުށަހަޅަން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: