ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް މެދު ކެޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދޭނަން: އިންޑިއާ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އިންޑިއާއިން މެދުނުކެނޑި ފޯރުކޮށްދެމުންދާނެ ކަަމށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރާއިއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައިޝަންކަރު ވަނީ ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާއިން ވެދެމުން އަންނަ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދެވާނެކަނުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ، އެއްވެސް މެދުކެނޑުމެއް ނެތި ރާއްޖެއަށް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތާއި، ވެކްސިން ޕްރޮގްރާމްތަކާ ބެހޭ ގޮތުން ދެ ޚާރިޖީ ވަޒީރުން މަޝްވަރާކުރެއްވިއެވެ. އަދި ޕެންޑެމިކްގެ ތެރޭގައި އިންޑިއާއިން ދިވެހި ރައްޔިތުންނަށް ވެދެއްވި އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާރަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގެ ފަހުން މިނިސްޓަރ ޝާހިދު ނިއުދިއްލީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ޑރ ޖައިޝަންކަރާއި މިއަދު ބައްދަލުކުރެއްވީ ހައިދަރްއާބާދު ހައުސްގައެވެ. މިނިސްޓަރ ޝާހިދު ވަނީ އިންޑިއާއިން ކިޔުއްވި ހޫނު މަރުޙަބާއަށާއި ބަހައްޓަވާ މެހުމާންދާރީއަށް ޑރ ޖައިޝަންކަރަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުވުމަށްފަހު މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ބައިނަލްއަޤްވާމީ މުޖްތަމައުގައި ގުޅިގެން މަސައްކަތްކުރުމާއި، ރާއްޖޭގައި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. އެސް ޖައިޝަންކަރް އާއި ބައްދަލު ކުރެއްވީ ނިއުދިއްލީގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: