ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮން ގޮއްވާލުމަށް ފަހު އަދުހަމް ދިޔަ ތަންތަން ފުލުހުން ދައްކާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދީފައިވަނީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދުހަމް ބޮން ގޮއްވާލުމަށް ފަހު އަދުހަމް ދިޔަ ތަންތަން ފުލުހުން ދައްކާލައިފިއެވެ.

އަދުހަމް ހައްޔަރުކޮށްފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ހުޅުމާލެ އިންނެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އަދުހަމް ބޮންގޮއްވާލުމުގެ ކުރިން ހަރަކާތްތެރިވެފައިވާ ގޮތާއި، ބޮންގޮއްވާލުމަށްފަހު ހަރަކާތްތެރިވީ ގޮތް ފެންނަ ވީޑިއޯއެއް އާއްމުކޮށް އެރޭގެ މަންޒަރުތައް ތަފްސީލުކޮށްދީފައެެވެ.

އެގޮތުން އަދުހަމް ބޮންގޮއްވާލުމުގެ ކުރިން އަތަމާ ޕެލެސްތެރޭ މަޑުކޮށްލައިގެން އެކަމަށް ތައްޔާރުވަމުންދިޔަ ތަން ފެނެއެވެ. އަދި ފޯނުން ކޮންމެވެސް މީހަކާ ދެތިން މިނެޓަކަށް އެތަނުގައި ވާހަކަދައްކަަން ހުރުމަށްފަހު، މަޑުމަޑުން މަގުމައްޗައް ނިކުމެ ބޮންގޮއްވާލާ މަންޒަރު ފެނެއެވެ.

ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ އަތަމާ ޕެލެސްތެރޭ އަދުހަމް ހުރިއިރު އޭނާ ފާރުގައި ފައިޖައްސާފައިވާ ތަންތަނުން ފުޓް ފްރިންޓު ނަގާފައެވެ. ފުލުހުންބުނީ އަދުހަމް ހައްޔަރުކުރުމަށްފަހު   އޭނާގެ ފައިން ނެގުނު ޕުޓް ޕްރިންޓާއި އޭރު އަތަމާ ޕެލެސްތެރެއިން ނެގި ޕްރިންޓާއި ދިމާވާ ކަމަށެެވެ.

ފުލުހުން ވަނީ ހަދާފައިވާ ވީޑިއޯއެއް ބޭނުން ކޮށްގެން ބޮންގޮއްވާލުމަށްފަހު އަދުހަމް އެވަގުތުން ފެށިގެން ފިލަން ދިޔަގޮތްވެސް ދައްކާލާފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުން، އެންމެ ފުރަތަމަ އަދުހަމް ދުވެފަ އަދި ފަހުން ބާރު ހިނގުމުގައި ގޮސް އެންމެ ފުރަތަމަ ހައްޔަރުކުރި މީހުންގެ ތެރޭ ހިމެނޭ މުޖާހިދު އަހުމަދާއި ބައްދަލުކުރާ މަންޒަރު ފެނެއެވެ.

އޭގެފަހުން އެދެމީހުން އެކުގައި ހިގާފައިދާ މަގުތައް ސީސީޓީވީ ފުޓޭޖްގެ އެހީގައި ފުލުހުން ވަނީ ދެނެގަނެފައެވެ. އޭނާ ވަނީ ހެލެބެލި މަގުން ހުޅަގަށްގޮސް ރަތްދެބައި މަގު ދެކުނަށް އަޅާލެވޭ ހިސާބަށް ދުވެފަ ގޮސްފައެވެ.

އެޔަށްފަހު ބާރު ހިނގުމެއްގައި ހިނގާފައިގޮސް ޗާންދަނީ މަގުން އަޅައިގެން ގޮސް މަސްޖިދުލް ޖަލާލުއްދީންއަށް އޭނާ ވަދެފައިވެއެވެ. ދެން އެ މިސްކިތުގައި ވަރަށް ކުޑަވަގުތުކޮޅެއް ހޭދަކުރުމަށްފަހު ނިކުމެ ހިނގާފަގޮސް އަމީނީ މަގުން އިރަށްގޮސް އަމީނީ ބިލްޑިން ކުރިމަތިން އޮންނަ ޕާކަށްވަދެ އެތާގައިވެސް މަޑުކޮށްފައިވެއެވެ. އެވަގުތު ޕާކުގައި މުޖާހިދު ހުރިއިރު، ދެން އެދެމީހުން އެކުގައި އެ ހިސާބުން ނިކުމެގެން ޓީވީއެމް ކުރިމަތީގައި އޮންނަ ޕާކުތެރެއަށްވަދެ އެ ޕާކުގައިިވެސް މަޑުކޮށްފައިވެއެވެ.

އެޔަށްފަހުވެސް މާލޭގެ ގިނަ މަގުތަކަކުން އެދެމީހުން ދަތުރުކޮށްފައިވާއިރު، އެދެމީހުން ދަތުރުކުރިގޮތުގެ ޓެރެކް ފުލުހުން ވަނީ ހޯދާފައެވެ.

ވަރަށް ގަދަ
21%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 15%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 24%ވަރަށް ދެރަ 27%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: