ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ކޮވިޑްގެ ބިރުވެރިކަން ބޮޑުވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ ހޮސްޕިޓަލުން ބުނެފައިވަނީ އިއްޔެގެ ހަވީރު 6 ޖެހުމާއި ހަމައަށް ހިތަދޫން ދެ ކޭސް އަދި ހުޅުދޫ އިން ދެ ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށެވެ.

އެއާއި އެކު ހިތަދޫގައި ކޮވިޑްގެ އެކްޓިވް 26 ކޭސް، ފޭދޫގައި ހަ ކޭސް، ހުޅުދޫގައި 41 ކޭސް އަދި މީދޫގައި 9 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ. އެއާއެކު އައްޑޫ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު 83 އަށް ވަނީ އަރާފައެވެ. ބަލިން އެކަކު ރަނގަޅު ވެފައިވާއިރު އެކަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ކޮވިޑް ކޭސްތައް ފެންނަމުންދާތީ އެޗްޕީއޭ އިން ވަނީ އިއްޔެއިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައެވެ. އެގޮތުން ހަވީރު 6 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުތުން މަނާކޮށްފައެވެ.

އަދި ޖިމްތަކާއި ސެލޫންތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުމަށާއި، ފިހާރަތަކުގެ ހިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުމުގެ އިތުރުން ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލުމަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތެއް ނުހިމެނޭނެ ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ނަމަވެސް ކާފިއު ވަގުތުގައި އެ ދެ ހިދުމަތް ވެސް ނުދެވޭނެކަމަށް ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: