ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެއިޓިން ލިސްޓު ދިގުވެ ނަފްސާނީ ފަރުވާދޭ މަރުކަޒުން އެޕޮއިންޓްމަންޓް ނެގުން މެދުކަނޑާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވެއިޓިން ލިސްޓް 6 މަހުގެ މުއްދަތަކަށްވުރެ ދިގުވެ ނަފްސާނީ ފަރުވާދޭ މަރުކަޒުން އެޕޮއިންޓްމެންޓް ދިނުން މެދުކަނޑާލައިފި އެވެ.

ނަފްސާނީ މައްސަލަތައް އިތުރުވެ މެންޓަލް ހެލްތު ސެންޓަރުން ފަރުވާ ހޯދަން ނަން ނޯޓުކޮށްފައި ތިބި މީހުންގެ އަދަދު އިތުރުވުމާއި އެކު ވެއިޓިންލިސްޓް މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން މިވަނީ ދިގުލައިގެން ގޮސްފަ އެވެ.

ނަފްސާނީ ބައްޔަށް ހާއްސަ ސަމާލުކަމެއް ދީ އެފަދަ ފަރުވާދޭނެ ވަކި މަރުކަޒެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެކަމަކު ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު އޮތް މިންވަރާ އެއްވަރަށް ފަރުވާ ނުދެވި، އެތައް ބަޔަކު ތިބީ ކިއޫގަ އެވެ. ވެއިޓިން ލިސްޓުގެ ނިސްބަތަށް ބަލާއިރު އެންމެ ފުރަތަމަ ސްޓޭޖާ ހަމައަށް ދިއުމަށް ވެސް މަހަކަށް ވުރެ ގިނަ ދުވަސް ނަގާނެ އެވެ.

އެގޮތުން ބައިނަލްއަގުވާމީ ނަފުސާނީ ސިއްހަތުގެ ދުވަހު ރައީސް މިދިޔަ އަހަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަނގަޅު ފެންވަރުގެ ނަފުސާނީ ފަރުވާ ލިބެން ހުރުމުގެ މުހިއްމުކަން ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ފާހަގަވެއްޖެ ކަމަށާއި ރާއްޖޭގެ ކަންކޮޅުތަކަށް ނަފުސާނީ ފަރުވާގެ ވަސީލަތްތައް ފުޅާކުރަން ސަރުކާރުން ތައްޔާރަށް އޮތް ކަމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު 10 ގައި ކުރެއްވި ޓްވީޓުގައި އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އައިޖީއެމްއެޗްގައި ގާއިމް ކޮށްފަ ހުންނަ ނަފްސާނީ ހިދުމަތްދޭ މަރުކަޒުގައި ނަން ނޯޓު ކުރުމަށްފަހު އެންމެ ފުރަތަމަ ދައްކަން ޖެހޭނީ ސައިކޭޓްރިސްޓަކަށެވެ. ދޭނެ ފަރުވާއަކާއި އެ ފަރުވާ ގެންދާނެ ގޮތެއް ކަނޑައަޅާނީ އޭގެ ފަހުންނެވެ.

ނަމަވެސް ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމަށް ނަން ނޯޓްކޮށް ކިއޫގައި ތިބޭ މީހުންގެ އަދަދު ގިނަވެ ވެއިޓިން ލިސްޓް 6މަސް ދުވަހަށްވުރެ އިތުރުވުމުން އެޕޮއިންޓްމެންޓް ދިނުންވެސް މިވަނީ މެދުކަނޑާލާފައެވެ. އަދި މި ހިދުމަތް ކުރިޔަށްދާނެ ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އައިޖީއެމްއެޗުން ޑޮކްޓަރަށް ދައްކަން ގިނަ ދުވަސް ނަގާތީ، ބޮޑު އަގު ދައްކައިގެން ނަމަވެސް އަމިއްލަ ހޮސްޕިޓަލްތަކާއިި ކްލިނިކްތަކުން ވެސް މީހުން އަންނަނީ ނަފްސާނީ ފަރުވާ ހޯދަމުންނެވެ. ޕްރައިވެޓް ކްލިނިކަކުން ސައިކެޓްރިސްޓަކަށް ދައްކަން އާންމުކޮށް 500-600 ރުފިޔާގެ ފީއެއް ނަގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: