ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ނަފްސާނީ ފަރުވާ ހޯދުމަކީ ދަތި، އަގު ބޮޑުކަމެއް: އެޗްއާރްސީއެމް

ރައީސް ނަްފސާނީ ދުޅަހެޔޮކަމަށް ޚާއްސަ ކްލިނިކް ހުޅުވައިދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ނަފްސާނީ ފަރުވާ ހޯދުންވެފައިވަނީ ދަތި އަދި އަގުބޮޑުކަމަކަށްކަމަށް ހިޔުމަން ރައިޓްސް ކޮމިޝަންގެ މެމްބަރު ޝިފާއަތު އަބްދުއްރައްޒާގް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިފާއަތު ވިދާޅުވީ އަނިޔާގެ މައްސަލަތަކަށް ޖަވާބުދާރީވުމަށް ނުވަތަ އެކަންކަމަށް ހައްލެއް ގެނައުމަށް ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އަނިޔާ ލިބޭ މީހުންނަށް ދޭންޖެހޭ ނަފްސާނީ އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އެހެންނަމަވެސް، ރާއްޖޭގައި މިރައްކާތެރިކަން ފޯރުކޮށްދިނުމަށް ދަތިތަކަކާއި ގޮންޖެހުންތަކެއް ހުރިކަން ޝިފާއަތު ފާހަގަކުރެއްވިއެވެ.

ޝިފާއަތު ވިދާޅުވީ ނަފްސާނީ ފަރުވާ ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އަދި ރާއްޖޭގައިވެސް ގިނަ ބަޔަކު މިފަރުވާ ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް، ރާއްޖޭގައި މިފަރުވާ ހޯދަން ބަލާއިރު، ރާއްޖޭގައި ނަފްސާނީ ފަރުވާ ލިބބިގަތުމަށް ގިނަ ދަތިތަކެއް ކުރިމަތިވާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން ރާއްޖެއަކީ ވަސީލަތްތައް މަދު ގައުމެއްކަމަށާއި އެފަދަ ފަރުވާ ހޯދުމަށް ދާނެ ތަންތަންވެސް ފުދޭވަރަކަށް މަދުކަމަށް ޝިފާއަތު ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް ދައުލަތުން ނުވަތަ ސަރުކާރުން ހިންގާ މިފަދަ ތަންތަން ފުދޭވަރަކަށް މަދުކަމަށާއި ވަސީލަތްތަކާއި ފަރުވާ އާންމުންނަށް ލިބުމުގައި ފުދޭވަރަކަށް ގިނަ ދަތިތަކަކާއި ކުރިމަތިލާންޖެހޭކަމަށް ވިދާޅުވިއެވެ.

ޝިފާއަތު ވިދާޅުވީ ނަފްސާނީ ފަރުވާ ރާއްޖޭގައި ލިބެން އޮތް މައިގަނޑު ވަސީލަތަކީ ޕްރައިވެޓް ކްލިނިކްތައް މެދުވެރިކޮށް ކަމަށެވެ. އެހެންނަމަވެސް، މިއީ ފުދޭވަރަކަށް އަގުބޮޑު ޚިދުމަތެއްކަން ފާހަގަކުރައްވައި ޝިފާއަތު ވިދާޅުވީ މިކަމުގެ ސަބަބުންވެސް ގިނަބަޔަކު ނަފްސާނީ ފަރުވާ ނުހޯދާ ދޫކޮށްލަންޖެހޭ ކަމަށެވެ.

“މައްސަލަ ރިޕޯޓުކުރުމާއި ހަމައިން، އަނިޔާދިން މީހާއަށް އަދަބެއް ލިބެންދެން، އަނިޔާ ލިބުނު މީހާ ހުންނާނީ ވަރަށް ބޮޑު ނަފްސާނީ އުނދަގޫ ކަމެއްގެ ތެރޭގައި. ހަމައެއާއކު، އަނިޔާ ލިބުނު މީހާ ސްޓިގްމަޓައިޒްކޮށް، އެއީ އަނިޔާ ލިބިފައި ހުރި މީހެއް ގޮތުގައި ލޭބަލްކޮށް މުޖުތަމައުގެ ތެރޭގައި އޭނާ ބާކީވުމުގެ ބިރު އޮތުމުންވެސް ރިޕޯޓްކުރުމަށް ފަސްޖެހޭ” ޝިފާއަތު

މީގެ އިތުރަށް، ޝިފާއަތު ވިދާޅުވީ އަނިޔާގެ އެކި މައްސަލަތައް ރިޕޯޓުކުރުމަކީ އަނިޔާގެ މައްސަލަތަކަށް ހައްލެއް ގެނައުމަށް މުހިންމުކަމެއް ކަމަށެވެ. އެހެންނަމަވެސް، މިފަދަ މައްސަލަތައް ރިޕޯޓުކުރުމުން، އިތުރަށް ދެން ކުރިމަތިވެދާނެ އިތުރު އަނިޔާއަކަށް ނުވަތަ ނުރައްކަލަކަށް ބެލުމަށްފަހު އެފަދަ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ދަށްވަމުންދާކަން ފާހަގަކުރެއްވިއެވެ.

ޝިފާއަތުގެ ވާހަކައިގައި، އަނިޔާގެ މައްސަލަތަކުގައި އަނިޔާ ކުރާ މީހާއަށް ގާނޫނީގޮތުން އެކަށީގެންވާ ފިޔަވަޅެއް ނޭޅުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލެއްވިއެވެ. އަނިޔާގެ އެކި މައްސަލަތަކުގައި ކުށްކުރާ މީހުން އަލުން މުޖުތަމައުގެ ތެރެއަށް ދޫވެގެން ދިޔުމަކީވެސް މައްސަލަތައް ރިޕޯޓުކުރުމަށް ފަސްޖެހޭ ކަންކަމުގެ ގޮތުގައި ޝިފާއަތު ފާހަގަކުރެއްވިއެވެ.

އަނިޔާ ލިބޭ މީހުން، މިފަދަ މައްސަލަތައް ރިޕޯޓްކުރުމަށް އިތުރަށް ބާރު އަޅައި ރިޕޯޓްކުރުމަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމަށް ދައުލަތުގެ މުއައްސަސާތަކުންނާއި މަދަނީ ޖަމިއްޔާތަކުންވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި އަނިޔާ ލިބުމުން ރައްކާތެރިކަން ފޯރުކޮށްދިނުމާއި އެއްވަރަށް އަނިޔާގެ އަމަލުތައް ހުއްޓުވުމަށްވެސް ދައުލަތުންނާއި މަދަނީ ޖަމިއްޔާތަކުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ޝިފާއަތު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: