ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޫނުމިން މަތިވެފައި ވާތީ، ޖަލު ގޮޅިތައް ފިނި ކުރަން އެޗްއާރުސީއެމްގެ އިލްތިމާސް

މާފުށީ ޖަލުގެ ސެކިއުރިޓީ ޕޯސްޓެއްގައި އޮފިސަރުން ހަރަކާތްތެރިވަނީ.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހިންގަމުންދާ ޖަލުތަކުގައި ގައިދީން ތިބޭ ހާލަތާއިމެދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް(އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރާއްޖޭގެ ހޫނު މިން އެހެން އަހަރުތަކާއި ހިލާފަށް، މި އަހަރު ވަރަށް ބޮޑަށް ވަނީ މަތިވެފަ އެވެ. އަދި މިއީ ހޫނު މޫސުންކަމަށްވުމާއި އެކު އެކަމަށް ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތްތަކުން ވަނީ ލަފާދީފަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހޫނުމިން މަތިވެފައިވާކަން ފާހަގަކޮށް، އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ވަނީ ހުޅުމާލެ ވެސް ހިމެނޭހެން ކ. އަތޮޅުގެ ރަށްތަކުގައި 43 ޑިގްރީއަށް ހޫނުމިން އިހުސާސް ކުރެވޭކަމަށް ރެކޯޑުތަކުން ދައްކާ ކަމަށެވެ.

ކަރެކްޝަނަސް ސާވިސްއިން ޖަލު ބަންދުގައި ތިބޭ މީހުން ބަހައްޓާ ގޮޅިތަކަކީ އާއްމު ދުވަސްތަކުގައި ވެސް، ހޫނު ގަދަތަނެއްކަމަށް ވާތީ މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށް އެދޭކަމަށް އެޗްއާރުސީއެމުން ބުންޏެވެ. އެ މުވައްސަސާއިން އެކި ރިޕޯޓުތަކުގެ ބޭނުންތަކަށް ކުރާ ޒިޔާރަތްތަކުގައި ވެސް ގައިދީން ގިނަ ވަގުތު އެ ގޮޅިތަކުގައި ބަންދުގައި ތިބޭކަން ފާހަގަކުރެވޭކަމަށް ބަޔާނުގައި ވެއެވެ. އަދި ގޮޅިތަކުގައި އެއްވެސް ވަރަކަށް ވައި ދައުރު ވާނެ ގޮތެއް ނެތުމާއި އެކު، ބަންދު މީހުންގެ ސިއްހީ މައްސަލަތަކެއް ދިމާވެދާނެކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފަ އެވެ.

އެހެންކަމުން، ހޫނު ގަދަވާ މިންވަރަށް ސަމާލުވެ، އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެޗްއާރުސީއެމުން ވަނީ ކަރެކްޝަނަށް އިލްތިމާސްކޮށްފަ އެވެ. އަދި ކަރެކްޝަނުގެ އެކި ފެސިލިޓީތަކުގައި މީހުން ބަހައްޓާފައި ތިބޭއިރު ހޫނު ގަދަވުމުގެ ސަބަބުން ދަތިތައް ދިމާ ނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކަރެކްޝަނުން ވަނީ އެދިފަ އެވެ.

މޫސުން ލަފާ ކުރާ ގައުމީ އިދަރާއިން ބުނެފައި ވަނީ މި ހިނގަމުން ދާ މަހާއި ކުރިޔަށް އޮތް މޭއި މަހަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: