ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ވަގުފާރިއަށް ހުށައެޅޭ ކުދިންގެ އަދަދު ދެނެނުގަނެވޭ: އެޗްއާރްސީއެމް

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޖިންސީ ވަގުފާރިއާއި ޖިންސީ އަނިޔާގެ ފަރަގު ފަހުމުނުވާތީ ޖިންސީ ވަގުފާރީގެ މައްސަލަތަކުގެ އަދަދު ދެނެގަނެވިފައިނުވާކަަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފިއެވެ.

އެޗްއާރްސީއެމްއިން އާންމު ކޮށްފައިވާ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ނާޖާއިޒު ބޭނުންކޮށްފައިވާ މައްސަލަތައް ރިޕޯޓުކޮށްފައިވާ މިންވަރު ވަނީ އިތުރުވެފައެވެ. މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކޮންމެ މަހަކު އެއް ފަހަރު ޝާއިޢުކުރާ ތަފާސް ހިސާބުތަކުން އެކްސްޕްލޮއިޓޭޝަންގެ ބާވަތްތައް އިތުރަށް އެނގެން ނުހުންނަކަމަށްވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެޗްއާރްސީއެމްގެ ރިޕޯޓުގައިވާ ގޮތުން ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓުން ޝާއިއުކޮށްފައިވާ ”2019 ފައިޑިންގްސް އޮން ދަ ވަރސްޓް ފޯރމްސް އޮފް ޗައިލްޑް ލޭބަރ: މޯލްޑިވްސް” ގައި ފާހަގަކޮށްފައިވާ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން 2019 ވަނަ އަހަރު އޮރިޔާންކާޑާއި ޖިންސީ ވިޔަފާރީގެ 80 މައްސަލައެއް ވަނީ ތަހުގީގުކޮށްފައެވެ. މީގެ ތެރެއިން 4 މައްސަލައަކީ ކުޑަކުދިން ހަށިވިއްކުމުގެ ވިޔަފާރީގައި ބޭނުންކޮށްފައިވާ މައްސަލައެވެ.

ހަމަ އެހެންމެ، ޔޫ.އެސް ސްޓޭޓް ޑިޕާޓްމަންޓުން ޝާއިޢުކޮށްފައިވާ ޓްރެފިކިންގ އިން ޕަރސަންސް ރިޕޯޓް 2021 ގައި ފާހަގަކޮށްފައިވާ ގޮތުން ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކޮށްފައިވާ 291 މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން 2020 ވަނަ އަހަރު ތަހުގީގުކޮށް އަދި 115 މައްސަލައެއް ޕްރޮސިކިއުޝަނަށް ފޮނުވާފައިވާކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މި މައްސަލަތައް ބަލާފައިވަނީ ޓްރެފިކިންގެ މައްސަލަތަކެއްގެ ގޮތުގައި ނޫކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ.

ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކޮށްފައިވާ ނިސްބަތް ބޮޑުކަމަށް ފާހަގަކުރެވޭއިރު، މިފަދަ މައްސަލަތައް މުޖުތަމައުން ނައްތާލުމަށްޓަކައި ގޮތް ނިންމާ ލެވެލްގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ. ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރުމުގެ މައްސަލަތަކުގައި
އިޖްތިމާއީ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފުރިހަމައަށް އެޑްރެސްކުރެވިގެން ނުދާކަންވެސް ކޮމިޝަނުން ފާހަގަކުރެއެވެ.

މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އިޖްތިމާޢީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޖިންސީ ވަގުފާރި އަދި ޖިންސީ އަނިޔާގެ ފަރަގު އެންމެ ފުރިހަމައަށް ފަހުމްވެފައިނުވާކަން ޚާއްސަކޮށް ކުޑަކުދިންގެ މައްސަލަތަކުން ފާހަގަވެފައިނުވާކަމަށް ކޮމިޝަނުން ބުނެއެވެ. މިސަބަބަށްޓަކައި ޖިންސީ ވަގުފާރީގެ މައްސަލަތަކުގެ އަދަދު ދެނެގަނެވިފައިނުވާކަަމަށް ކޮމިޝަނުން ބުނެއެވެ.

ޤާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ ދަށުން މީހުން ޓްރެފިކްކުރުމަކީ ކުށެއްކަމުގައި ކަނޑައަޅާފައިވެއެވެ. އަދި މިޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އެކްސްޕްލޮއިޓޭޝަންގެ ޢަމަލުތަކުގެ ތެރޭގައި މަޖުބޫރުން ހަށިވިއްކުން ހިމެނެއެވެ. މިޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖަކު، މިޤާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ޢަމަލެއް އޭނާއާއި ދެކޮޅަށް ހިންގުމަށް ރުހުން ދިން ކަމުގައި ނުބެލެވޭނެއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 123 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔަކު ނުވަތަ އެކުއްޖާގެ ބެލުން ޙަވާލުވެފައިވާ މީހަކު ގްރޫމްކުރުމަކީ ވެސް ކުށެކެވެ. މިޤާނޫނުގެ 11 ވަނަ މާއްދާއިން ހަށިވިއްކުމުގެ ވިޔަފާރިއާއި އެނޫންވެސް އެކްސްޕްލޮއިޓޭޝަންގެ ޢަމަލުތަކުގައި ބައިވެރިކުރުމާއި، އޮރިޔާންކާޑު ހެދުމުގައި ނުވަތަ އުފެއްދުމުގައި ބައިވެރިކުރުމާއި ދެއްކުމުން ރައްކާތެރިކުރުމުގެ ހައްގު ކުޑަކުދިންނަށް ލިބިދެއެވެ.

ކުޑަކުދިންގެ ހައްގުތަކުގެ ބައިގެ ދަށުން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލައިލާއިރު ވޭތުވެދިޔަ އަހަރުތެރޭގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ޖިންސީ އަނިޔާއާއި އިހުމާލު އަދި ޖިސްމާނީ އަނިޔާގެ މައްސަލަކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ނަފްސާނީ އަނިޔާ، ސައިބަރ ބުލީންގ، ގަނާކުރުން، ފުރައްސާރަ، ބްލެކްމެއިލްކުރުން، ބިރުދެއްކުން، ނަހަމަގޮތުގައި ބޭނުންހިފުން، ޖިންސީ ގުނަވަނެއް ހާމަކުރުން އަދި ގެވެށިއަނިޔާގެ އަމަލެއް ހިނގަމުންދާ މަންޒަރު ގަސްދުގައި ކުޑަކުއްޖަކަން ދައްކައިގެން ހުށަހަޅާފައިވާ މައްސަލަތައްވެސް ހިމެނެއެވެ. އަދި ކުޑަކުދިންނަށް އަނިޔާކޮށްގެން ދަޢުވާކޮށްފައި ހުރި މައްސަލަތަކުގެ ތެރެއިން ގިނައީ ޖިންސީ އަނިޔާގެ މައްސަލަކަންވެސް ކޮމިޝަނުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: