ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫ ސްކޫލުގެ ޓީޗަރަކު އިޒްރޭލަށް ތާއީދުކޮށް ޕޯސްޓުތައް ލިޔާތީ ވަޒީފާއިން ވަކިކޮށް، އަނބުރާ ގައުމަށް!

ހުރިހާ ދިވެހިން ފަލަސްތީނާއެކު ތިބިކަން ދެއްކުމަށް ގެންދިޔަ ހަރަކާތުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނިމާދޫގެ ސްކޫލުގެ އިންޑިއާގެ އިނގިރޭސި ކިޔަވައިދޭ ޓީޗަރަކު، އިޒްރޭލަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ޖެހުމުން އޭނާއަށް ފިޔަވަޅު އަޅައި ގައުމަށް އަނބުރާ ފޮނުވާލައިފި އެވެ.

މި މައްސަލައިގައި ހަނިމާދޫ ސްކޫލުން ބުނީ، ސްކޫލުގެ ސެޝަން އިންޗާޖް، އަދި އެސްއެމްޓީ މެންބަރުގެ މަގާމުގައިހުރި އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ އެބޭންޑަރ ސެކްލަރަން ފަރާތުން، ޓީޗަރެއްގެ ކިބައިން ފެނިގެން ނުވާނެ ދަށުދަރަޖައިގެ އަމަލެއް، ސޯޝަލް މީޑިއާގައި ފެނިފައިވާތީ، މި ސްކޫލުން އެކަމާ ކަންބޮޑުވެ ހިތާމަ ކުރާ ކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރި އެވެ.

އެ ސްކޫލުން ބުނެފައި ވަނީ ޒަޔަނިސްޓް ޔަހޫދީ އިޒްރާޢީލުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލްތައް ކުށްވެރިކޮށް، ހަނިމާދޫ ސްކޫލަށް 52 އަހަރު ފުރުނު މުނާސަބާގައި، ސްކޫލް ސްޓޭންޑް ހާމަކޮށް، ތަފާތު ހަރަކާތްތަކެއް ހިންގިތާ 24 ގަޑިއިރުވެސް ނުވަނީސް، ސްކޫލްގެ ސްޓޭންޑާ ހިލާފަށް އަދި މުޅި ދިވެހި ދައުލަތާއި ހަނިމާދޫ ރައްޔިތުންގެ ސާޓޭންޑާވެސް ޚިލާފަށް، އެ ޓީޗަރު ހިންގި ދަށުދަރަޖައިގެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަންނާނެ އަމަލެއް ނޫން ކަމަށެވެ.

ހަނިމާދޫ ސްކޫލުގެ ޓީޗަރު “އައި ސްޓޭންޑް ވިތް އިޒްރާއީލް” ޖަހަފާފައިވާ ފޭސްބުކް ޕޯސްޓުތަކުގެ ސްކްރީންޝޮޓުތައް “ސަންގު” އަށް ވަނީ ލިބިފަ އެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ މީހެކެވެ. ރަށުގެ މަސްލަހަތު ވެސް ގޯސްވެފައިވާތީ، އޭނާ ވަޒީފާއިން ވަކި ކުރުން އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކޭކަމަށް ސްކޫލުން ބުންޏެވެ.

ވަރަށް ގަދަ
92%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 8%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: