ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮއްވާލި ބޮމާއި މާރިޔާއާއި ގުޅުމެއްވޭތޯ ކުރެވުނު ސުވާލު، އެމްޑީޕީ ލީޑާޝިޕް ހަނު!

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިންއިރު އެކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިހުމާލުތަކެއް ވާކަމަށް ދެކެވޭ ވާހަކައަށް އެއްޗެއް ވިދާޅުވާން އެމްޑީޕީގެ ލީޑާޝީޕުން ދެކޮޅު ހަދައިފި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި އެމަނިކުފާނު އަވަހާރަކޮށްލުމަށް މަސައްކަތް ކުރި ހާދިސާއަށް ތިން ހަފްތާވެގެން ދިޔައިރު އެމްޑީޕީގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވާ އެއް ބޭފުޅަކީ މާރިޔާ އެވެ. އެއީ ރައީސް ނަޝީދަށް ދިން ހަމަލާގެ އެއްވެސް އިންޓެލް މައުލޫމާތެއް ފުލުހުންގެ އިންޓެލްއަށް ނުލިބޭކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވަނިކޮށް، މާރިޔާ އެމްއެންޑީއެފްގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ވިދާޅުވުމުންނެވެ. އެހެން ނަމަވެސް، އެރޭގެ ބައްދަލުވުމުގެ ތެރޭގައި ވެސް، މާރިޔާގެ ވާހަކައިގައި ސިދާ އިންޓެލް މައުލޫމާތު ނުލިބޭކަމަށް ވިދާޅެއް ނުވެއެވެ. ހަމައެކަނި ވިދާޅުވީ، ރައީސް ނަޝީދަކީ މި ގައުމުގައި ހުރި އެންމެ ހައި ރިސްކު ބޭފުޅާކަމުން އެމަނިކުފާނަށް ފޯރުކޮށް ދެނީ ވަރުގަދަ ސެކިއުރިޓީއެއް ކަމެވެ.

އޭގެ ފަހުން މީޑިއާތަކުގައި އާއްމު ވެގެން ދިޔައީ ރައީސް ނަޝީދުގެ ސެކިއުރީ ފޯރުކޮށްދިނުމަށް ދަތިވާތީ، ނީލޯފަރު މަގުގައި ސައިކަލުތައް ޕާކު ނުކުރެވޭ ގޮތަށް ހަދައިދިނުމަށް އެދި އެމްއެންޑީއެފްއިން، މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީ އެކެވެ.  އަދި ރައީސް ނަޝީދަށް ބަޔަކު ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު މާރިޔާއަށް ކުރިން ލިބިވަޑައިގެންފައިވާ ކަމަށް މީޑިއާތަކުގައި ވާހަކަ ދެކެވުނެވެ. މާރިޔާ ވަނީ އެކަން ކަށަވަރުކޮށްދީ، ރާއްޖޭގެ މީޑިއާއަކަށް އިންޓަވިއެއް ވެސް ދެއްވާފަ އެވެ.

މާރިޔާ ވިދާޅުވީ، 03 މިލިއަން ޑޮލަރަށް ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ދިނީ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކަމަށެވެ. އަދި ރައީސް ނަޝީދަށް އެމައުލޫމާތު ރައީސް ނަޝީދާއި ހިއްސާކުރުމަށް ދެންނެވިކަމަށް މާރިޔާ ވިދާޅުވެފައި ވެއެވެ.

ސޯޝަލް މީޑިއާގައި މާރިޔާގެ އިސްތިއުފާގެ އަޑުތައް ވެސް ގަދަވެފައިވާއިރު، އެމްޑީޕީގެ ގިނަ މެމްބަރުން ދަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު މާރިޔާއަށް އެނގިވަޑައިގަންނަވާނެކަމަށް ބުނަމުންނެވެ. އަދި ރައީސް ނަޝީދުގެ ދަރިކަނބަަލުން މީރާ ލައިލާ ނަޝީދު ވެސް ވަނީ މާރިޔާއަށް ތުހުމަތުތަކެއް އަމާޒުކޮށް ޓްވީޓު ކުރައްވާފައެވެ.

އެކަމާއި ގުޅޭގޮތުން އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން، ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފް އެ ތުހުމަތުތަކަށް ސީދާ ޖަވާބެއް ނުދެއްވި އެވެ. އަދި ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާގެ ފުރިހަމަ މިނިވަން ތަހުގީގެއް ކުރިޔަށް ދާން ޖެހޭ ކަމަށެވެ. އެހެން ނަމެވެސް އިންކުއަރީއެއްގެ މަސައްކަތްތައް ކުރިޔަދާއިރު، އެ ނުނިމެނީސް އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް ބޭނުން ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

”އަޅުގަނޑުމެން މިދަނީ އިންކުއަރީ ހަދަމުން. އެހެން ކަމުން އިންކުއަރީ ނިމުމުން ނޫނީ، އަޅުގަނޑު އެއްވެސް އިންކުއަރީ އާއި ބެހޭ ވާހަކައެއް، އޭގެ ނަތީޖާއާއި ގުޅޭނެ، ނުވަތަ ކުރެވިދާނެކަމެއް، ކުރާނެކަމަކާއި ގުޅޭގޮތުން އެއްޗެއް ދެންނެވުމަކީ އަޅުގަނޑު ހިތުން އަޅުގަނޑުކޮށްގެންވާނެ ކަމެއް ނޫން.“ ހަސަން ލަތީފް

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މި މަހުގެ 06 ގައި ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައި ވެއެވެ. ފުލުހުން ބުނާ ގޮތުން އެ މީހުން ގުޅެނީ ހަރުކަށި ފިކުރާއި އެވެ.

މި ގޮއްވާލުމަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކު ތެރޭގައި ގޮއްވާލި ގޮއްވާލުމަށްވުރެ ވަރުގަދަ ގޮއްވާލުމެއްކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: