ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑަބްލިއުއެސްސީގެ ވަޒީފާއަށް އެދި ހުށަހެޅުން އޮންލައިންކޮށް!

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ ހިދުމަތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ ވަޒީފާގެ ފުރުސަތުތަކަށް ދެން ކުރިމަތި ލެވޭނީ އޮންލައިންކޮށް ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީއިން ބުނެފައިވަނީ އޮންލައިން ހިދުމަތްތަކުގެ އިތުރުން ކުންފުނީގެ ޑިޖިޓަލައިޒޭޝަން ޕްރޮސެސް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް ވަޒީފާގެ ފުރުސަތުތަކަށް ދެން ހުށަހެޅޭނީ އޮންލައިންކޮށް ކަމަށެވެ. އަދި ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއްގައި ވަޒީފާއަށް އެދި ހުށައެޅުމުގެ އިތުރުން ތިމާވެއްޓާ ރައްޓެހި ގޮތެއްގައި މިކަން ކުރުމަށް ނިންމާފައިވާކަމަށް ބުންޏެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި ބަދަލާއިއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަ ކަމާއެކު ވަޒީފާއަށް ހުށައެޅޭނެ ކަމަށެވެ. ހަމައެއާއެކު ވަޒީފާއަށް މީހުން ހޮވުމުގެ މަރުހަލާގައި ވެސް ކަރުދާހުގެ ބޭނުން ކުރާ މިންވަރު މަދުވެ ތިމާވެއްޓަށް ރަނގަޅު އެދެވޭ އަސަރެއް ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޑަބްލިއުއެސްސީ އިން ހުށައަޅާފައިވާ ވަޒީފާގެ ފުރުސަތުތަކަށް 1 ޖޫން އިން ފެށިގެން އޮންލައިންކޮށް ހުށަހެޅޭނެ އެވެ. އަދި ކޮވިޑްގެ މިހާރުގެ ހާލަތާ ގުޅިގެން އެ ކުންފުނިން ހޯދާ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ކަނޑައަޅާފައިވާ އޮންލައިން ޕްލެޓްފޯމްތައް ބޭނުން ކުރުމަށް އެކުންފުނީގެ ފަރާތުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑުގެ ހާލަތު މާލޭގައި ގޯސްވުމުން، އެމްޑަބްލިއުއެސްސީން ވަނީ ބިލު ދެއްކުމާއި އަދި އެހެނިހެން ހިދުމަތައް އޮންލައިންކޮށް ފޯރުކޮށްދޭން ފަށާފަ އެވެ.

މީގެ އިތުރުން ސަރުކާރުން އިއުލާނުކޮށްފައިވާ ގޮތަށް، ޖޫން މަހުގެ ފެން ބިލުން ޑިސްކައުންޓު ދިނުމަށް ފެން ކުންފުނިން ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: