ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްނިކަލް މައްސަލައެއް ދިމާވެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި

ފޮޓޯ-ރަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދަށް އެޖެންޑާ ކޮށްފައިވާ ރައްޔިތުންގެ މަޖިލޫހުގެ ޖަލްސާ ޓެކްނިކަލް މައްސަލައެއް ދިވާވެގެން ކެންސަލް ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މިއަދުގެ ހެނދުނު 10:00ކަށް އެޖެންޑާކޮށްފައިވީ ނަމަވެސް ޖަލްސާ ގިނަ އިރުތަކެއް ވީއިރުވެސް ފެށިފައި ނުވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންކަމަށް މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވިއެވެ. ޒިޔާއު ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ކުރުމަށް ވަގުތު ނަގާނެތީވެ މިއަދުގެ ޖަލްސާ ކެންސަލް ކުރީކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލް ކުރުމަށް ދިމާވި ޓެކްނިކަލް މައްސަލައަކީ ކޮބައިކަމެއް ސާފްކޮށްދީފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި އެންމެ މުހިންމު މަސައްކަތަކަށް އޮތީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި އާމިނަތު ޝައުނާއަށް ރުހުން ދިނުމުގެ މައްސަލަ ބެލުމެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: