ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަށް އުފަންވާ ކުދިން ހަތް ދުވަސްތެރޭ ރަޖިސްޓްރީ ނުކޮށްފިނަމަ ޖޫރިމަނާ ކުރާ އިސްލާހެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި، ވިހާތާ ހަފްތާއެއްގެ ތެރޭގައި ރަޖިސްޓްރީވާން ހުށަނާޅައިފިނަމަ ޖޫރިމަނާވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ގާނޫނުގެ ނަމުގައި އެ ބިލް މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒުއެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބިލްގައި ބުނެފައި ވަނީ ކުއްޖަކު އުފަންވުމާއިއެކު މިގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ކުއްޖަކު ރަޖިސްޓްރީ ކުރުމަކީ ކުއްޖާގެ މައިންބަފައިންގެ މައްޗަށް އަދި މައިންބަފައިން ނެތްނަމަ ބަލަދުވެރިޔާގެ މައްޗަށް ލާޒިމް ކަމެކެވެ.

ބިލްގައި ބުނެފައިވާ ގޮތުގައި ކުއްޖާ އުފަންވުމާއިއެކު ރަޖިސްޓްރީ ވާން ދީފައި އޮތް އެއްހަފްތާ ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަނާޅައިފިނަމަ ކުއްޖާގެ މައިންބަފައިން ނުވަތަ ކުއްޖާގެ ބަލަދުވެރިޔާ -/10000 (ދިހަހާސް) ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ.

އޭގެ އިތުރުން ރާއްޖެއިން ބޭރުގައި އުފަންވާ ކުއްޖަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް އުފަންވީ ކުއްޖެއް ނަމަ އެ ކުއްޖެއްގެ އުފަންވުން އެ ކުއްޖާ އުފަންވާ ގައުމުގައި ރަޖިސްޓްރީ ކުރާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ކުއްޖާގެ އުފަންވުން ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ވަރަށް ގަދަ
4%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 4%ވަރަށް ދެރަ 70%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

4 Responses

  1. ތިއޮތީވާ ކަމެއް ދަސްވެފަ! އިހަށް، ވައްކަންކުރާމީހުން، މީހުންމަރާމީހުން، ފަތްބޯމީހުން، ޖުރިމަނާކުރަންވީނުން! އެއޮތް މީރާއެއްވެސް މީސްމީހުނަށް ނޭނގިތިއްބާ އެތައް ލައްކައަކުން މީހުން އެބަ ދަރުވަލާ، ރިޕޯރޓް ހުށަނޭޅީއޭ ކިޔައިގެން!

  2. ކުދި ކަތުރާ ރޭޒަރުން ނަގާ ޓެކްސް ބޮޑުކޮށްފަ ބިލެއްފާސްކޮށްލާ މަހަކު އެއްފަހަރު ކޮންމެ ރައްޔިތަކު ކިހިލިފަތްދަށާ ފޫޅާ ކަކުލާ ދެމެދު އިސްތަށި ނުބާލާނަމަ 10000 ޖުރުމާނާ ކުރަން އޭރުން ކަތުރާ ރޭޒަރު ބާރު ސްޕީޑުގަ ވިކޭނެ ވިޔަފާރިވެރިން ގިނައިން އެތަކެތި އެތެރެކުރާނެ ސަރުކާރައް ޓެކްސް ގިނަވާނެ މަދުން ނަމަވެސް ޖުރުމާނާވެސް ކުރެވޭނެތާ ބޮޑު ބލއއ

  3. ތިހާ ހަރުކަށި ގާނޫނެއް ތިވަރުބޮޑު ޖުރްމަނާ އާއެކު ފިކުރާނީ މުއްދަތެއްގި ދިވެހިންނަށް ނުހެއްޖަކަސް ހެޔޮ. ރެޖިސްޓްރީނުކޮށް އެއްވެސް ލިޔުމެއްނެތި މިފަސްގަނޑުގައި މިއުޅޭ ބިދޭސީންނަށް ލާޒިމްކުރާކަމެއް ނެތްތޯ؟

  4. ދެރަވަރު. ކޮން މަގުސަދެއް ހާސިލް ކުރެވޭނެ ކަމަށް ބާ؟؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: