ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މާލެގައި ފޯރުކޮށްދިނުމަށް މައުސޫމް، ސިޓީ ކައުންސިލްގައި އެދިވަޑައިގަންފި

ޓުއަރިޒަމް މިނިސްޓަރ މައުސޫމް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މާލޭގައި ފުރިހަމަކޮށް ދިނުމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް މާލެސިޓީ ކައުންސިލުގައި އެދިވަޑައިގެންފިއެވެ.

މިނިސްޓަރ މައުސޫމް ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ ޒަމާނީ ފާހަނާތަކާއި ވިއްސާރައިގައި ހިޔާވެވޭ ކަހަލަ ތަންތަން މާލެއަށް އަންނަ ފަތުރުވެރިންނަށް ބޭނުންވާކަމަށެވެ. އެހެންކަމުން ފަތުރުވެރިންނަށް މިފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުގައި އެދޭކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނަށް ފަސޭހަ ކުރުމަށްޓަކައި ޔޮޓުފަހަރުގައި ގެސްޓުން ފައިބާނެ ޖެޓީ އެމްޓީސީސީއާއި ގުޅިގެން ވަރަށް އަވަހަށް ހަމަޖެހިގެންދާކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވެފައިވެއެވެ.

މީގެކުރިންވެސް މާލެ ސިޓީ ކައުންސިލުން ވަނީ މާލޭ މަސްވެރިންގެ ޕާކުގައި ފަތުރުވެރިންނަށް ހާއްސަކޮށްގެން އިމާރާތެއް ހަދާފައެވެ. މި ސެންޓަރުން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތައް ހޯދުމަށްވެސް އެއިރުގެ ކައުންސިލުން ހުޅުވާލިއެވެ. ރާއްޖެއަންނަ ފަތުރުވެރިން މިއަހަރު ތެރޭގައި ކޮވިޑް-19 އާ ގުޅިގެން ދަށަށް ދިޔަ ނަމަވެސް މާލޭގައި ހުންނަ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނަށް ހިދުމަތް ހޯދުމަށް މިހާރުވެސް ފަތުރުވެރިން މާލެ އަންނަމުން ދެއެވެ. މިހެން އަންނަމުންދާ ފަތުރުވެރިންނަށް ފަސޭހަ ގޮތެއްގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މައުސޫމްދަނީ މަސައްކަތް ކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: