ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު މާރިޔާ މާދަމާ 241 ކޮމެޓީގެ އިންކުއަރީއަަށް ހާޒިރުކުރަނީ

ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދު ދީދީ. ފޮޓޯ: ޑިފެންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް މާދަމާ ޑިފެންސް މިނިސްޓަރު މާރިޔާ އާހުމަދު ދީދީ ހާޒިރު ކުރުމަށް ނިންމައިފިއެވެ.

އެ ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއާ ހަވާލާދީ “އަވަސް” އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވީ ގޮތާ ގުޅޭ ގޮތުން ކުރިއަށްގެންދާ އިންކްއަރީއަށް މާރިޔާ ހާޒިރު ކުރަން ނިންމާފައި ވަނީ މާދަމާ އެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހަމަލާއެއް ދޭންއުޅޭކަމުގެ މައުލޫމާތު މިނިސްޓަރު މާރިޔާއަށް ލިބި ފިޔަވަޅު ނާޅާ އޮތްކަމުގެ ތުހުމަތު އެމްޑީޕީ މެމްބަރުން ދަނީ ކުރަމުންނެވެ.

މިނިސްޓަރު މާރިޔާ ވަނި މަޖިލީހުގެ އިންކުއަރީއަށް މަރުހަބާ ވިދާޅުވެ އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: